25 އޮގަސްޓު 2022 - 21:03 1
އައިޝަތު ނުޒުހާ
ބޮޑުފޮޅުދޫ ސިއްހީ މަރުކަޒު ތަރައްގީކޮށް ނިންމުމާއި ސާމާނު ހަވާލުކުރުމުގެ ރަސްމިއްޔާތު--
25 އޮގަސްޓު 2022 - 21:03 1
ޖަޕާން ސަރުކާރުގެ "ގްރާސް ރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް" (ޖީޖީޕީ)ގެ ދަށުން، އއ.ބޮޑުފޮޅުދޫ ސިއްހީ މަރުކަޒުގައި ވިއްސާ ކޮޓަރިއަކާއި ލެބޯޓަރީއެއް ގާއިމްކޮށްފި އެވެ.
ބޮޑުފޮޅުދޫ ހެލްތް ސެންޓަރު ތަރައްގީކުރުމަށް ޖަޕާނު ސަރުކާރުން ވަނީ 1.8 މިލިއަން ދިވެހި ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ.
މި މަޝްރޫއުގެ ދަށުން ވިއްސާ ކޮޓަރިއަކާއި ލެބޯޓަރީއެއް މުޅިން އަލަށް އެ ހެލްތް ސެންޓަރުގައި ތަރައްގީ ކުރިއިރު، ޖަޕާނު ސަރުކާރުން ވަނީ އެ ތަންތަނަށް ބޭނުންވާނެ ހުރިހާ ވަސީލަތެއް ވެސް ހަދިޔާކޮށްފަ އެވެ. އެގޮތުން، 31 މެޑިކަލް އިކުއިޕްމެންޓު ވަނީ ފޯރުކޮށްދީފަ އެވެ.
މި އެހީ ފޯރުކޮށްދީ ނިންމައި ރަސްމީކޮށް ހަވާލުކޮށްދެއްވާފައިވަނީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޓަކޫޗީ މިޑޯރީ އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ޖަޕާނު ސަރުކާރާއެކު ހެލްތް މިނިސްޓްރީން ސޮއިކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.
މިއީ ހެލްތް މިނިސްޓްރީ އާއި ބޮޑުފޮޅުދޫ ކައުންސިލާއި އެ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ އާރު ގުޅިގެން ޖަޕާނު ސަރުކާރާއެކު ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
Comment