Advertisement

ވިލާ ހަކަތައިން ވިއްކާ ވިލާ ސިމެންތީގެ އަގުހެޔޮ ކޮށްފި

24 އޮގަސްޓު 2022 - 14:52 1

ވިލާ ސިމެންތި--


ވިލާ ހަކަތައިން ވިއްކާ ވިލާ ސިމެންތީގެ އަގުހެޔޮ ކޮށްފި

24 އޮގަސްޓު 2022 - 14:52 1

ކޮންސްޓަރަކްޝަން މަސައްކަތްކުރާ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ވިލާ ސިމެންތީގެ އަގު ވިލާ ހަކަތައިން ހެޔޮކޮށްފި އެވެ.

ވިލާ ހަކަތައިގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ކުންފުނިން ސިމެންތީގެ އަގު ހެޔޮ ކުރީ ސިމެންތި އުފުލުމަށް ހާއްސަ "ސިމެންޓް ނިއުލެޓިކް ކެރިއާ" އެއް އެ ކުންފުނިން ދިގު މުއްދަތަކަށް ޗާޓާ ކުރުމާ ގުޅިގެންނެވެ.

"12،000 ޓަނުގެ ބޯޓުގެ ދަތުރުތައް މިހާރު ވަނީ ފެށިފައި. އަދި އޮޕަރޭޝަނަށް ކުރިއަށްވުރެ ހުސްވުމެއް ނެތި ސިމެންތި ގެނައުމަށް ބޯޓުގެ ސަބަބުން އެހީތެރިވެދޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެއާއެކު ވިލާ ސިމެންތި ވިއްކަމުން އައި ރީޓެއިލް އަދި ހޯލްސޭލް އަގު ވެސް ވަނީ ހެޔޮކޮށްފަ އެވެ.

ވިލާ ހަކަތައިން ސިމެންތި ބަންދު ކުރާ ބޮޑު ކާރުހާނާ އެއް ތިލަފުށީގައި ހިންގާއިރު، އެތަނުން ޕެކްކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ވިލާ ސިމެންތިއަކީ ރާއްޖެއިން ލިބެން ހުންނަ އެހެން ސިމެންތި އާ އަޅާކިޔާއިރު ގިނަ ދުވަހަށް ބޭނުން ކުރެވޭ ސިމެންތި ބްރޭންޑެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އޭގެ އިތުރުން، ވިލާ ސިމެންތި ޕެކް ކުރުމަށް ބޭނުން ކުރާ ކޮތަޅަކީ ރާއްޖޭގެ މޫސުމަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ، ފެނާ އުދާހުން އެތެރޭގައި ހުންނަ ސިމެންތި ރައްކާތެރިކޮށްދޭ ކޮތަޅެކެވެ. އޭގެ ސަބަބުން ސިމެންތި ގަނޑުވުމުން ސަލާމަތް ކޮށްދޭނެ ކަމަށް ވިލާ ހަކަތައިން ބުނެ އެވެ.

ވިލާ ހަކަތައިން ބުނީ އެތަނުގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުން ކަމަށާއި އެކި ޕްރޮމޯޝަންތައް ހިންގައި އެކި ޕްރޮޑަކްޓުތަކުގެ މައުލޫމާތު ފަސޭހައިން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް އަބަދުވެސް ކުރަމުން އަންނަ ކަމަށެވެ.

ވިލާ ސިމެންތި އޯޑަރު ކުރުމަށް 3327811 އަދި 7236464 ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ. ނޫނީ [email protected] އަށް މެެއިލް ކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ.

އެ ކުންފުނިން އަންނަނީ މާލެ އަދި ހުޅުމާލެ އާއި ތިލަފުއްޓަށް ސިމެންތި ޑެލިވަރީ ކުރުމުގެ ހިދުމަތް ވެސް ދެމުންނެވެ.