މިނީ ބަހާއެކު ޓެކްސީތައް ކަންބޮޑުވަނީ އާމްދަނީ ދަށްވާނެތީއެއް ނޫން، މަގުތައް ތޮއްޖެހޭނެތީ

24 އޮގަސްޓު 2022 - 09:07 6

ފާތިމަތު އަޖްފާން

ފ

މާލޭގައި މިނީ ބަސް ޓެސްޓަށް ދުއްވަނީ-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މިނީ ބަހާއެކު ޓެކްސީތައް ކަންބޮޑުވަނީ އާމްދަނީ ދަށްވާނެތީއެއް ނޫން، މަގުތައް ތޮއްޖެހޭނެތީ

24 އޮގަސްޓު 2022 - 09:07 6

މާލޭގައި ފަށަން ތައްޔާރުވަމުން އަންނަ މިނީ ބަހުގެ ހިދުމަތް ފެށުމުން މަގުތައް ތޮއްޖެހޭނެ ކަމަށްބުނެ ޓެކްސީ އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ސަރުކާރުން މިހާރު އަންނަނީ ވަމުންނެވެ. އެގޮތުން މާލެ ތެރޭގައި މިހާރު ދަނީ ޓެސްޓް ދަތުރުތަކެއް ކުރަމުންނެވެ.

ޑްރައިވާސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް "އަދަދު" އަށް ވިދާޅުވީ މިނީ ބަހުގެ ސަބަބުން ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ނަމަވެސް މިނީ ބަހާއެކު މާލޭގެ މަގުތައް ތޮއްޖެހޭނެތީ ދުއްވާ މީހުންނަށާއި ހިނގާ މީހުންނަށް ދަތިތައް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގައި ވަރަށް ދަތިވޭ، މި ދެ ދުވަހަކު މިނީ ބަސް ދުއްވަން ފެށީމަ. މަގުތަކުގަ ވަރަށް ބާރުބޮޑު. ވަރަށް ބޮޑަށް ތާށިވޭ،" އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ފެށި ނަމަވެސް ޓެކްސީ ޑްރައިވަރުންނަށް ލިބޭ އާމްދަނީ ދަށް ނުވާނެ ކަމަށެވެ. އަދި ޓެކްސީ ދަތުރުތައް ލިބޭ މިންވަރުވެސް މަދު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"

ދަތުރުތައް ލިބޭނެ. ޓެކްސީ ދަތުރެއް މަދެއް ނުވާނެ. ހުޅުމާލޭގައި ވެސް ބަސް ދުއްވާ. އެކަމަކު ހުޅުމާލެއިންވެސް ޓެކްސީ ދަތުރުތައް ލިބޭ. ޑްރައިވަރުންނަށް ނުވެފަ އޮންނަނީ. މާލޭގަ ބަސް ދަތުރު ކުރިއެކޭ ކިޔާފަ ވަކި ބަދަލެއް ނާންނާނެ. އެކަމަކު ތޮއްޖެހުން ބޮޑުވާނެ،" އަބްދުﷲ ވިދާޅުވި އެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު ބައެއް ޕާކިން ޒޯނުތައް ނަގައި މަޖީދީމަގުގެ އެއްވެސް ސަރަހައްދެއްގައި ޕާކު ނުކުރެވޭ ގޮތް މިހާރު ވަނީ ހަދާފަ އެވެ. އަދި މަޖީދީ މަގުގެ ބައެއް ސަރަހައްދުތަކުގައި ވަނީ ބަސް ސްޓޮޕްތައް ވެސް ބަހައްޓާފަ އެވެ.

މިނީ ބަހުގެ ހިދުމަތް އަތޮޅުތަކާއި އެއްކޮށް މާލޭގައި މިދިޔަ މަހުގެ 31 ވަނަ ދުވަހު ފަށަން އޮތް ނަމަވެސް ބަސް ދަތުރުތައް ހަމަ އެކަނި ފަށާފައިވަނީ އަތޮޅު ތެރޭގަ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ތައާރަފު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ.

0.00%

0.00%

0.00%

100.00%

މި ލިޔުން ކިޔާލުމުން


ބަސް

over 2 years ago

ހީހީ ހަލާކު ވެދާނެ

ސަލީމު

over 2 years ago

ޓެކްސީ މަދު ކުރަން ޖެހެ އެހެންވީމަ... ބާ ކާރުތައް ގިނައީ.. ހުއްދަ އަތުލާފަ ނައްތާލާ...

މަޑުލިސް

over 2 years ago

ޓެކްސީތައް ކަންބޮޑުވާނެކަމެއްނެއް މަގުތައް ތޮއްޖެހޭނެތީއެއް... ކުރިންވެސް މިހާރުވެސް(ހާއްސަކޮއް ބުރިޖު އައިފަހުން) ރަށުތެރޭދަތުރުނަގާބައެއްނޫން ތީއަކީ!!

އިފާ ޝަރީފް

over 2 years ago

ވިއްސަކަށް ބަސް އޮވެގެންތޯ 500 ކާރު އޮވެގެންތޯ ތޮއް ޖެހޭނީ؟

007

over 2 years ago

20ކާރަށްވުރެ އެއް ބަސް އުނދަގޫ ބޮޑުކުރާނެ


ކާރ

over 2 years ago

އޮބްވިއަސްލީ ވިއްސަކައް ބަސް😝