ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އިސްތިއުފާ ދެއްވައިފި

23 އޮގަސްޓު 2022 - 16:29 2

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވިއިރު ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އިސްތިއުފާ ދެއްވައިފި

23 އޮގަސްޓު 2022 - 16:29 2

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ރަސްމީ ބަހެއް އަދި ނުބުނެ އެވެ.

ނަމަވެސް، ސަރުކާރުގެ އިސް އޮފިޝަލަކު "އަދަދު" ނޫހަށް ކަށަވަރުކޮށް ދެއްވި ގޮތުގައި މަބްރޫކްގެ އިސްތިއުފާގެ ސިޓީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވައިފަ އެވެ.

އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ.

މަބްރޫކް ފޯނު ނުނަންގަވާތީވެ، އިސްތިއުފާއާ ގުޅޭ ގޮތުން އޭނާގެ ބަހެއް ނުލިބުނެވެ.

އެނގިފައިވާ ގޮތުގައި އިސްތިއުފާ ދެއްވިއިރު އޭނާ ހުންނެވީ ޗުއްޓީއެއްގައި، އަނބިކަނބަލުންގެ ގައުމު، ތައިލެންޑްގަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހާއި މަބްރޫކް. -- ފޮޓޯ: ރައީސް އޮފީސް


ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ކުރިން ހުންނެވި މަބްރޫކް، މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 1 ގަ އެވެ. އެކަން ރައީސް އޮފީހުން އިއުލާނު ކުރީ ޖެނުއަރީ 10 ގަ އެވެ.

ޕޮލިޓިކަލް ސައިންސް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ މަބްރޫކް ވިދާލައިގެން ދިޔައީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ދުވަސްވަރު، ކޮވިޑުގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގެ ކަންކަން ބަލަހައްޓަމުން ދިޔަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނުގެ ގޮތުގަ އެވެ.

އޭރު ކޮންމެ ދުވަހަކު އޭނާ ގެންދެވީ ކޮވިޑްގެ މައުލޫމާތާއި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް، ސިއްހީ މާހިރުންނާއި ސަރުކާރުގެ ކަމާގުޅޭ ވެރިންނާއެކު އާންމުންނަށް ގެނެސް ދެއްވަމުންނެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ފެލިދޫ ދާއިރާއަށް މަބްރޫކް ވާދަކުރެއްވި އެވެ. އޭނާއާ ވާދަކޮށް އެ އިންތިހާބުގައި ފެލިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް ފަޒުލް އެވެ.

30.77%

38.46%

7.69%

23.08%

މި ލިޔުން ކިޔާލުމުން


ވަރަބިދުނުކޮތަރު ވަރަބިދުނުކޮތަރު

over 2 years ago

މަ އަބަ ބަލަން އޭނަ ފެނޭތޯ . ފެނިއްޖެއްޔާއަހާލާނަށް އިސްތިއުފދިނީކީއްވެގެން ހޭ ؟ އެވަރު ކުރެވޭނީ .

މިނަލ

over 2 years ago

މިގައުމުދުއް އެއްމެ ޒާތީ ސުޕޯކްސްޕާސަން. މީހުންނަށް ފެންނަނީ މީހާގެ ރީތި މަންޒަރު. އެކަމަކު މުއައްޒަފުންނާ ޑީލްކުރުމާއި ނޫސްވެރިންނާ ޑީލްކުރުމުގައި ވަރަށް ރުންކުރު، ހަސީލަތްނުބައި، ޒާތީ މީހެއް. ވަކިވަގެންދިޔައީތީގެ އުފާކުރާ މީހުން މަދެއްނުވާނެ. މީހަކު އެއްޗެއްބުނެފާނެތީ ބިރުން އުޅޭމީހަކަށް ސުޕޯކްސްޕާސަންކަމެއް ނުކުރެވޭނެ. ފެއިލްވި ސަބަބުތަކަކީ މީ