Advertisement

ތިނަދޫ ސްކޫލުގައި ދަރިވަރަކަށް ގަނާކުރާ ވީޑިއޯ ދައުރު ނުކުރަން ޖެންޑާއިން އެދިއްޖެ

23 އޮގަސްޓު 2022 - 15:51 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޖެންޑާ މިނިސްޓަރު---


ތިނަދޫ ސްކޫލުގައި ދަރިވަރަކަށް ގަނާކުރާ ވީޑިއޯ ދައުރު ނުކުރަން ޖެންޑާއިން އެދިއްޖެ

23 އޮގަސްޓު 2022 - 15:51 0

ގދ. ތިނަދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމެއްގައި ދަރިވަރަކަށް ގަނާކުރާ މަންޒަރު ފެންނަ ވީޑިއޯ ދައިރު ނުކުރުމަށް ޖެންޑާ މިނިސްޓްރީން އެދިއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގޮނޑިއެއްގައި އިށީނދެގެން އިން ފިރިހެން ކުއްޖެއްގެ ކައިރިއަށް އެހެން ކުއްޖަކު ގޮސް މޮނީޓަރު ފޮތެއް އަތުލައި ވާހަކަ ދައްކަން ތިބޭ ތަނެވެ.

އެ ފޮތް އަތުލަން އިށީންދެ އިން ކުއްޖަކު މަސައްކަތް ކުރާއިރު ދެން ފެންނަނީ ކޮޅަށް ހުރި ކުއްޖާ އިށީންދެ އިން ކުއްޖާގެ ގައިގައި ފޮތާއި ދަބަހުން ތަޅައި ގަނަންނަ ތަނެވެ. އެ ކުދިން ދުރު ކުރުމަށް އެ ކްލާހުގައި ތިބި އެހެން ކުދިން މަސައްކުރެ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގައި ބުނެފައި ވަނީ ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާއްމުކޮށްގެން ނުވާނެ ކަމަށެވެ.

އަދި ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެނޫން ވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، ނުވަތަ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ނުވަތަ އެނޫން ވެސް ވަސީލަތެއްގައި ޝާއިރުކޮށްގެން ނުވާނެކަން ބަޔާންކޮށްފައިވެ އެވެ.

އެގޮތުން، އެ ވީޑިއޯގައި ކުޑަކުދިންގެ ތަސްވީރު ފެނިގެން ދިޔުމަކީ އެ ކުދިންގެ ކަރާމާތައް އުނިކަން އަންނަ ކަމެއްކަމުގައިވާތީ، މި ވީޑިއޯ މީޑިއާގައި އަދި ސޯޝަލް މީޑިއާގައި އެއްވެސް ފަރާތަކުން ދައުރު ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ ދަރިވަރަށް އަނިޔާކުރި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ބަލަން ފަށައިފަ އެވެ.