12 އޮގަސްޓު 2022 - 13:09 0
ނިމާ ހަސަން
ފަންނުވެށި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ އިމާދުއްދީން ސްކޫލުގައި ބޭއްވި ހަފްލާގެ ތެރެއިން
12 އޮގަސްޓު 2022 - 13:09 0
ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ދިނުމަށްޓަކައި އިމާދުއްދީން ސްކޫލުގައި "ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި" ގާއިމުކޮށްފި އެވެ.
މިއީ ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ވޮކޭޝަނަލް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ތަރައްގީ ކޮށްފައިވާ މަރުކަޒެކެވެ. އެ މަރުކަޒު އިފްތިތާހު ކޮށްދެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެއްވެސް ކުއްޖަކު ބާކީ ނުކުރާ ސިޔާސަތަކީ ރައީސް ސޯލިހްގެ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވި އެވެ. އެހެންކަމުން، އެ ސިޔާސަތުގެ ދަށުން ދަރިވަރުންނަށް ފަންނާއި ހުނަރުތައް ދަސްކޮށްދިނުމަސް މަރުކަޒުތަކާއި ވަސީލަތްތައް ގާއިމް ކުރުމާ ހަމައިން ނިންމާނުލައި، މީހުން ބިނާކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އެބަދޭ، އޭގެ ނަތީޖާ މިދަނީ ފެންނަމުން" ނައިބު ރައީސް ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ތެރަޕިއުޓިކް ފަރުވާތައް ހިލޭ ފޯރުކޮށްދިނުމަކީ ރައީސް ސޯލިހް ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެ ދާއިރާއިން މީހުން ބިނާ ކުރުމުގެ މަސައްކަތްކޮށް، އެކަމުގެ ނަތީޖާ ވެސް ފެންނަމުންދާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ވަރަށް އަވަހަށް އެފަދަ ހިދުމަތްތައް ހދ. ކުޅުދުއްފުށީގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރޭ އިފްތިތާހުކުރި ފަންނުވެށީގައި ދަރިވަރުންނަށް މައިގަނޑު ހަތަރު ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވާ އިރު، އޭގެ ތެރޭގައި ކެއްކުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ 'ކައްކާވަތި'، ބިއުޓީ ތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ 'ނަލަވަތި'، ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ 'ޓެކްވަތި'، އަދި ފެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ 'ފަހާވަތި' ޕްރޮގްރާމް ހިމެނެ އެވެ.
ފަންނުވެށިން ދަސްވެނިވާ ދަރިވަރުންނަކީ، ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓްފިކެޓް ލެވަލް ތިނެއްގެ ސަނަދާއިއެކު ދަސްވެނިވާނެ ދަރިވަރުންނަށް ވާނެއެވެ.
Comment