Advertisement

އޫރު މަސް ހުރި ގްރޭވީ މިކްސް މަނާކުރުމުގެ ކުރިން ވިއްކުން ހުއްޓާލައި ނައްތާލިން: ރެޑްވޭވް

10 އޮގަސްޓު 2022 - 23:03 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


އޫރު މަސް ހުރި ގްރޭވީ މިކްސް މަނާކުރުމުގެ ކުރިން ވިއްކުން ހުއްޓާލައި ނައްތާލިން: ރެޑްވޭވް

10 އޮގަސްޓު 2022 - 23:03 0

މާކަމް ބްރޭންޑްގެ ކަންޓްރީ ގްރޭވީ މިކްސް އެތެރެކުރެވުނީ އޭގައި އޫރު މަސް ހިމެނޭކަން ނޭނގި ކަމަށާއި އެކަން އެނގުމާއެކު ވަގުތުން އެ މުދާ ނައްތާލި ކަމަށް ރެޑްވޭވް ފިހާރައިން ބުނެފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ރެޑްވޭވް ފިހާރައިގެ އޮޕަރޭޝަން މެނޭޖަރު އަލީ ޝަހީމް ބުނީ އެ ބާވަތުގެ ގްރޭވީ މިކްސްގައި އޫރު މަސް ހިމެނޭކަން އެއްވެސް އިދާރާއަކުން ވެސް ފާހަގަކޮށްފައި ނެތް ކަމަށެވެ.

"އެ މުދާ އެތެރެކުރިއިރު އެއްވެސް މަރުހަލާއެއްގައި އެއްވެސް އިދާރާއަކުން އެކަން [އޫރު މަސް ހުރިކަން] ފާހަގަކޮށް އަންގާފައި ނެތް. އަޅުގަނޑުމެންނަށް އެ ބާވަތް އެތެރެކުރެވުނީ އޫރު މަސް ހުރިކަން ނޭނގި. ކަސްޓަމަރަކު އެކަން ފާހަގަ ކުރުމާއެކު ވަގުތުން އެ ބާވަތް ހަރުން ނަގައި، ވާނީ ނައްތާލެވިފައި،" އަލީ ޝަހީމް ވިދާޅުވި އެވެ.

މި މައްސަލަ މިިނިސްޓްރީގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާއިންނެވެ. އެ ބާވަތުގެ ގްރޭވީ މިކްސް ވިއްކުން މަނާކުރުމުގެ ކުރިން ވެސް، އެ ބާވަތުގެ ޕެކެޓްތައް ފިހާރައިން ނަގައި ނައްތާލި ކަމަށް އަލީ ޝަމީމް ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޮއިން ފެންނަ ގޮތުގައި އެ ޕެކެޓުގެ އިންގްރީޑިއަންޓުތަކުގެ ތެރޭގައި "ގްރައުންޑް ޕޯކް" އަދި "ޑްރައި ޕޯކް ސްޓޮކް" ހިމެނެ އެވެ. މިއީ ސީދާ އޫރު މަހުން ތައްޔާރުކުރާ ދެ ކާނާގެ ބާވަތެވެ.

މި ޕޯސްޓު ހިއްސާކޮށް ހެލްތު މިނިސްޓްރީގެ ވައިބާ ގްރޫޕުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ ވިދާޅުވީ އެކަން ސަމާލުކަމަށް އައިސްގެން އެ ނަގަން ރެޑްވޭވަށް އަންގާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.