Advertisement

ކަރަންޓް ދިނުމާ ބެހޭ ގަވައިދު މިހާރުގެ ހާލަތާ ނުގުޅޭތީ އަމަލުކުރުން ހުއްޓާލައިފި

9 އޮގަސްޓު 2022 - 11:16 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކަރަންޓު ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރެއް-- ފައިލް ފޮޓޯ


ކަރަންޓް ދިނުމާ ބެހޭ ގަވައިދު މިހާރުގެ ހާލަތާ ނުގުޅޭތީ އަމަލުކުރުން ހުއްޓާލައިފި

9 އޮގަސްޓު 2022 - 11:16 0

މިހާރު އަމަލު ކުރަމުން ގެންދާ، އިލެކްޓްރިކް ކަރަންޓު ދިނުމާބެހޭ ގަވާއިދުގައި މިހާރުގެ ހާލަތާ ނުގުޅޭ ކަންކަން ހުރުމުން އެ ގަވާއިދަށް އަމަލު ކުރުން ހުއްޓާލައި، އާ މިންގަނޑުތަކަކަށް ވަގުތީ ގޮތުން އަމަލުކުރަން ފަށައިފި އެވެ.

ޔުނިޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އާދިއްތަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ މިހާރު އަމަލު ކުރަމުން އަންނަ ގަވައިދަކީ 2000 ވަނަ އަހަރުގެ ކުރީކޮޅު އަމަލުކުރަން ފެށި ގަވައިދަކަށް ވުމުން، އޭގައި ހިމެނޭ ގިނަ ކަންކަމަކީ މިހާރު "އައުޓް ޑޭޓެޑް" ކަންކަން ކަމަށެވެ.

އެ އޮތޯރިޓީން ވަނީ އާ ގަވައިދެއް ޝާއިއު ކުރެވެން ދެން އަމަލު ކުރަމުން ގެންދާނެ ވަގުތީ އުސޫލު އާންމުކޮށްފަ އެވެ.

އެގޮތުން އާންމުކުރި އުސޫލުގައިވާ ގޮތުން، 800 އަކަފޫޓުގެ ތެރޭގައި ދިއްލުން އަދި ފަންކާގެ ހިމެނޭ ސާކިޓަކަށް 10 ދިއްލުން އަދި ދެ ފަންކާ މިހާރު ހަރުކުރެވޭނެ އެވެ. މި ސާކިޓުގެ ކަރަންޓު ލޯޑު 1000 ވޮޓަށް ވުރެ އިތުރު ވެގެން ނުވާނެ ކަމަށާއި އަދި އިތުރު އެއްވެސް ކަރަންޓު ދޫކުރާ އާލާތެއް ގުޅައިގެން ނުވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

ހަމައެހެންމެ، ކަރަންޓު ސޮކެޓް ސާކިޓެއްގައި އެންމެ ގިނަ ވެގެން ގުޅޭނީ 13އޭގެ ހަތަރު ސޮކެޓަށް ކަމަށާއި މިފަދަ ސާކިޓުތަކުގައި އެންމެ މަތިވެގެން ބޭނުން ކުރަން ވާނީ ޓްރިޕް ކާވް ސީގެ 16އޭ އެމްސީބީ ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، އެފަދަ ސާކިޓަކަށް ގިނައިން ކަރަންޓު ނަގާ އޭސީ އާއި ހީޓަރު ފަދަ އާލާތްތައް ގުޅައިގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ވަގުތީ އުސޫލުގައި އިތުރަށް ބުނެފައިވާ ގޮތުގައި، އެއްވެސް ސާކިޓެއްގެ ޑިޒައިން ލޯޑު އެ ސާކިޓް ގުޅާފައިވާ ބްރޭކަރެއްގެ ރޭޓެޑް ކަރަންޓުގެ 80 ޕަސެންޓަށް ވުރެ މަތިވެގެން ނުވާނެ އެވެ.