Advertisement

އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

8 އޮގަސްޓު 2022 - 18:25 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އަލަމްގީރް: ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިން ކުރި މައްސަލަ އާއި ވީޑިއޯތަކުގައި ހިމެނޭ މީހުންގެ މައްސަލަތައް ވެސް ފުލުހުން ދަނީ ބަލަމުން -- ފޮޓޯ: ސޯޝަލް މީޑިއާ


އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

8 އޮގަސްޓު 2022 - 18:25 1

ގިނަ އަދަދެއްގެ މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރާ އެކު އެ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯތައް އާންމުވުމަށް ފަހު ފުލުހުން ބުނެފައި ވަނީ އެ ވީޑިއޯތަކުގައި ހިމެނޭ މީހުންގެ މައްސަލަތައް ބަލަމުންދާ ކަމަށެވެ. އަދި، އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަަތަކެއް ވެސް ފުލުހުން ގެންދަނީ ބަލަމުންނެވެ.

މި މައްސަލައާ ގުޅިގެން ކުރިއަށްގެންދާ ތަހުގީގު ފުޅާކޮށްފައިވާއިރު ފުލުހުން ވަނީ 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

މީގެކުރިން ވެސް އެ މައްސަލައާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށް ޕާސްޕޯޓު ވެސް އޮތީ ހިފަހައްޓާފަ އެވެ. އެގޮތުން، އަލަމްގީރާ އެކު ދައުރުވެފައިވާ ވީޑިއޯތަކުން ފެނިފައިވާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު އަދި ފުލުހެއް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ހަވީރު އެވެ. ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދަން އެންމެ ފުރަތަމަ ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދިނެވެ. އެ ފަހުން އޭނާގެ ބަންދަށް ވަނީ އިތުރު 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިފަ އެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ބައެއް މީހުންނާއި ދައުލަތުގެ އިދާރާތަކުގެ ބައެއް އިސްވެރިންގެ މައްޗަށް ވެސް އެއްޖިންސުން ގުޅުން ހިންގި ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ.