Advertisement

ޕެލޯސީގެ ދަތުރާ ގުޅުވައި "ވަން ޗައިނާ" ސިޔާސަތަށް ރާއްޖޭން ކުރާ ތާއީދުގެ ޔަގީންކަން

5 އޮގަސްޓު 2022 - 12:21 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލީޝިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް


ޕެލޯސީގެ ދަތުރާ ގުޅުވައި "ވަން ޗައިނާ" ސިޔާސަތަށް ރާއްޖޭން ކުރާ ތާއީދުގެ ޔަގީންކަން

5 އޮގަސްޓު 2022 - 12:21 0

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ރަސްމީ ދަތުރާ ގުޅިގެން ހަނގުރާމައެއްގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި، އެ މައްސަލައިގައި ރާއްޖޭގެ ތާއީދު އޮތީ ޗައިނާއާއެކު ކަން ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެކެވެ. އެކަމަކު ޓައިވާނުން ބުނަނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ. ޕެލޯސީ ޓައިވާނަށް ދަތުރު ކުރެއްވުމާ ދެކޮޅަށް ޗައިނާއިން ވަރުގަދަ އިންޒާރުތައް ދިނެވެ.

ޗައިނާގެ އިންޒާރުތައް ލިބުނު ނަމަވެސް، ޕެލޯސީ މި ހަފްތާގައި ޓައިވާނަށް ކުރެއްވި ދަތުރު ނިންމަވާލެއްވީ ބުދަ ދުވަހު އެވެ.

އިންޒާރުތަކަށް ފަހު ޕެލޯސީގެ ދަތުރާ ގުޅިގެން މިހާތަނަަށް ޗަައިނާއިން އެޅި އެންމެ ބޮޑު ފިޔަވަޅަކީ ޓައިވާން ވަށާލައި އަސްކަރީ ތަމްރީން ފެށުމެވެ. އޭގެ އިތުރުން ޓައިވާންއާ އެކު އޮތް ބައެއް ވިޔަފާރި މެދުކަނޑާލި އެވެ.

އެކަމުގެ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ "ވަން ޗައިނާ" ސިޔާސަތަށް ރާއްޖޭން އަބަދުވެސް ކުރަމުންދާ ތާއީދު ދެމިއޮތް ކަން ހާމަކޮށްފައި ކަމަށެވެ.

ރާއްޖޭގެ އެ ޔަގީންކަމަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލީޝިން ވަނީ ދެ ގައުމުގައި ވެސް ހުރި މިފަދަ ހައްސާސީ މައްސަލަތަކުގައި އެއް ގައުމުން އަނެއް ގައުމަށް ޒަމާނުއްސުރެ ތާއީދުކޮށް އެއްބާރުލުން ދެމުންދާ ކަން ފާހަގަކުރައްވައިފަ އެވެ.

އެމެރިކާއިން "ހަރުދަނާ، ނުރަސްމީ ގުޅުން" ޓައިވާނާ އެކު ބާއްވާ އިރު، ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން އޮންނަނީ ޗައިނާއާ އެކު އެވެ.

ނަަމަވެސް އެމެރިކާއިން ޓައިވާނަަށް ހަތިޔާރު ވިއްކަ އެވެ. އެއީ ޗައިނާގެ ހަމަލާއަކުން ދިފާއުވުމުގެ ހައްގު ދިނުމަށް ކަމަށް ބުނެ އެވެ.