Advertisement

ފަހި މާހައުލެއްގެ ޔަގީންކަމާ އެކު ރާއްޖޭގައި އިންވެސްޓު ކުރަން އިންޑިއާ ވިޔަފާރިވެރިންނަށް ރައީސްގެ ދައުވަތެއް

2 އޮގަސްޓު 2022 - 21:52 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް


ފަހި މާހައުލެއްގެ ޔަގީންކަމާ އެކު ރާއްޖޭގައި އިންވެސްޓު ކުރަން އިންޑިއާ ވިޔަފާރިވެރިންނަށް ރައީސްގެ ދައުވަތެއް

2 އޮގަސްޓު 2022 - 21:52 0

ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް އޮންނާނެކަމުގެ ޔަގީންކަން ދެއްވައި ރާއްޖޭގައި އިންވެސްޓްކުރަން އިންޑިއާގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދައުވަތު ދެއްވައިފިއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިރޭ ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ރާއްޖެއިން މިހާރު ގެންދަނީ މުހިންމު ބޮޑެތި ބަދަލުތަކެއް ގެންނަމުން ކަމަށެވެ.

ސަރުކާރުން އަމާޒުހިފާފައި ވަނީ ވިލުންތެރި، ތިމާވެށްޓާ ރަޙްމަތްތެރި އަދި ސިންދަފާތު އިގުތިސޯދެއް ބިނާކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ތަފާތު އިންވެސްޓްމަންޓްތަކަށް ގިނަ ފުރުޞަތުތަކެއް ރާއްޖޭގައި ހުޅުވިފައި އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮވިޑް-18 ގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އޮތް ހާލަތަށް އަލުން ރުޖޫއަކުރެވި އިގްތިސޯދު ކުރިއަށް ޖެެހެމުންދާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެގޮތުން، އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ އެއް ގައުމު ކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރަމުން ގެންދާ މަސައްކަތާއި ތިމާވެށި ހިމާޔަތްކޮށް ޤުދުރަތީ މާހައުލުގެ މުއްސަނދިކަން ދެމެހެއްޓުން ފަދަ ދެމެެހެއްޓެނެވި ތަރައްގީއަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތައް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމަށް އިޝާރާތް ކުރައްވައި ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ބަރޯސާވެވޭ ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މި ސަރުކާރުން އަބަދުވެސް އިންޑިއާއާއެކު ގާތް ގުޅުމެއް ބޭއްވުމަށް މަަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އިންޑިއާ – މޯލްޑިވްސް ބިޒްނަސް ފޯރަމެއް އެ ގައުމުގައި ބާއްވައި އޭގައި ރައީސް ބައިވެރިވެވަޑައިގެންފައި މިވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަ ރައީސް ސޯލިހް އެ ގައުމަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސްއާއި މޯދީ ގުޅިގެން ވަނީ މާލެ ސަރަަހައްދު ގުޅުވައިދޭ ބްރިޖްގެ ފުރަތަމަ ތަނބުގެ ބިންގާ އަޅުއްވައިފަ އެވެ. މިއީ އިންޑިއާގެ އެހީގައި މި ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ.

މީގެ އިތުރުން ވެސް ރާއްޖޭގައި މި ސަރުކާރުން މި ވަގުތު ކުރިއަ ގެންދާ ތަރައްގީގެ މަޝްރޫއުތައް ރާވާފައިވާ ގޮތުގެ މަތިން ކޮންމެ މަޝްރޫއެއް ނިންމަން އޮތް ތާރީހަށް ނިންމުމަށް ޓަކައި 100 މިލިއަން ޑޮލަރުގެ އާ ކްރެޑިޓް ލައިނެއް ރާއްޖެއަށް ދޫކުރަން އިންޑިއާއިން ނިންމާފައިވާ ކަން މޯދީ ވަނީ އިއުލާން ކުރައްވައިފަ އެވެ.

މޯދީ ވަނީ މާލޭ ސަރަހައްދުގައި އިތުރު 2،000 ހައުސިން ޔުނިޓު އެޅުމަށް، އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް 119 މިލިއަން އެމެރިކާ ޑޮލަރު ފަހިކޮށްދޭން ނިންމާފައިވާކަން ވެސް އިއުލާނު ކުރައްވައިފަ އެވެ.

އެގްޒިމް ބޭންކުގެ ލެޓާ އޮފް އިންޓެންޓް ބަދަލުކުރެވުނުއިރު، ދެ ގައުމުގެ މެދުގައި އިތުރު ފަސް އެމްއޯޔޫއެއްގައި ވެސް ވަނީ ސޮއި ކޮށްފަ އެވެ.