Advertisement

ފާގަސަން އަލުން މެންޗެސްޓާ ޔުނައިޓެޑްގެ މަގާމަކަށް: ރިޕޯޓް

31 ޖުލައި 2022 - 12:16 0

އަލެކްސް ފާގަސަން: ފުޓްބޯޅަ ތާރީހުގައި ވެސް ހާއްސަ ކޯޗެއް ކަމަށްވާ ފާގަސަން ވަނީ ޔުނައިޓެޑްގެ އެޑްވައިޒަރީ މަގާމަކާ ހަވާލުވެފައި.


ފާގަސަން އަލުން މެންޗެސްޓާ ޔުނައިޓެޑްގެ މަގާމަކަށް: ރިޕޯޓް

31 ޖުލައި 2022 - 12:16 0

މެންޗެސްޓާ (ޖުލައި 31) - މެންޗެސްޓާ ޔުނައިޓެޑްގެ އެޑްވައިޒަރީ މަގާމަކާ އެ ކްލަބްގެ ކާމިޔާބު ކޯޗު އަލެކްސް ފާގަސަން ހަވާލުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑަށް 1986 އިން ފެށިގެން 2013 އަށް 38 ތަށި ހޯދައިދިން ފާގަސަން އެންމެ ފަހުން ޔުނައިޓެޑްގެ ކަންކަމުގައި ބައިވެރިވެ އުޅުނީ އޮލެ ގުނަ ސޯލްޝެއާ އެ ކްލަބްގެ ކޯޗުކަމާ ހަވާލުވެ ހުރިއިރު އެވެ. އޭގެ ފަހުން، ފާގަސަން ކްލަބް ކަމެއްގައި ބައިވެރިނުވެ ހުރުމަށް ފަހު، ޔުނައިޓެޑްގެ ޗީފް އެގްޒެކްޓިވް ރިޗަޑް އާނޯލްޑް އެކުލަވާލި އެޑްވައިޒަރީ ޕެނަލެއްގައި ފާގަސަން ވެސް ވަނީ ހިމަނައިފަ އެވެ.

ފާގަސަންގެ އިތުރުން ދެން އެ ޕެނަލްގައި ތިބީ، ކުރީގެ ސީއީއޯ ޑޭވިޑް ގިލް އާއި ކުރީގެ ކެޕްޓަން، ބްރަޔާން ރޮބްސަން އެވެ. ޔުނައިޓެޑްގެ ކަންކަމުގައި އެ ކްލަބްގެ ޑިރެކްޓާ އޮފް ފުޓްބޯލް، ޖޯން މޫޓޯ ލަފާ ހޯދާނީ މި ޕެނަލް ކައިރިންނެވެ. ރިޕޯޓްތައް ބުނާގޮތުން މި ޕެނަލް ލީޑުކުރާނީ ފާގަސަން އެވެ.

ފާގަސަން، 2013 ވަނަ އަހަރު ކޯޗިން އިން ރިޓަޔާކުރި ފަހުން ވެސް ހުރީ މުސާރަ ލިބޭ ގޮތަށް، ނޮން-އެގްޒެކްޓިވް ޑިރެކްޓަރެއްގެ މަގާމުގަ އެވެ. އެކަމަކު، ކުރިން ޗީފް އެގްޒެކްޓިވް އަކަށް ހުރި އެޑް ވުޑްވާޑް ޔުނައިޓެޑްގެ ގިނަ ކަންކަން ނިންމާއިރު، ފާގަސަންގެ ލަފާ ނުހޯދާތީ، އޭނާ ކްލަބްގެ ކަންކަމުގައި ބައިވެރިނުވާ ފަހަރު ގިނަ އެވެ.

ހާއްސަކޮށް ޔުނައިޓެޑްގެ ކޯޗަކަށް ހޯސޭ މޮރީނިއޯ ހުރި މުއްދަތުގައި ފާގަސަންގެ ބައިވެރިވުމެއް އެ ކްލަބްގައި ނެތެވެ.

އުމުރުން 80 އަހަރުގެ ފާގަސަން ވަނީ މީގެ ހަތަރު އަހަރު ކުރިން ކުއްލިއަކަށް ސިކުނޑީގެ އޮޕަރޭޝަނެއް ކުރަން ޖެހިފަ އެވެ. އެ ގޮތުން 2018 ވަނަ އަހަރު ފާގަސަންގެ ސިކުނޑިއަށް ލޭ އެޅުމުގެ ސަަބަބުން ކުރި އޮޕަރޭޝަނަށް ފަހު އޭނާ މަސައްކަތުގެ މާހައުލުން ބްރޭކެއް ނެގި އެވެ. އެކަމަކު، ފާގަސަންގެ ހާލު ރަނގަޅުވަމުން ދިއުމާ އެކު ޔުނައިޓެޑްގެ ކޯޗުކަމާ 2018 ވަނަ އަހަރުގެ ފަހުކޮޅު ސޯލްޝެއާ ހަވާލުވުމަށް ފަހު ފާގަސަންގެ ގާތުން ގިނަ ކަންކަމުގައި ލަފާ ހޯދި އެވެ.