Advertisement

ޔުނައިޓެޑް ދަސްކުރަން އަމޮރިމް ބޭނުންނަމަ ފާގަސަންގެ އެހީ ހޯދޭނެ

22 ނޮވެންބަރު 2024 - 11:52 0


ޔުނައިޓެޑް ދަސްކުރަން އަމޮރިމް ބޭނުންނަމަ ފާގަސަންގެ އެހީ ހޯދޭނެ

22 ނޮވެންބަރު 2024 - 11:52 0

މެންޗެސްޓާ (ނޮވެމްބަރު 22) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ހުރެ ރަަނގަޅު ކަންކަން ހާސިލްކުރަން އާ ކޯޗު ރުބެން އަމޮރިމް ކުރާ މަސައްކަތުގައި، ބޭނުންނަމަ ޔުނައިޓެޑްގެ ލެޖެންޑަރީ، ކޯޗު އަލެކްސް ފާގަސަންގެ އެހީ ހޯދޭނެ ކަމަށް ޔުނައިޓެޑްގެ ކުރީގެ އެސިސްޓަންޓް ކޯޗު، ރެނޭ މުލެންސްޓީން ބުނެފި އެވެ.

އެެރިކް ޓެން ހާގް ވަކިކުރުމަށް ފަހު، ޔުނައިޓެޑުން ގެނައި ކޯޗު އަމޮރިމް އަކީ ޒުވާން ކޯޗުންގެ ތެރެއިން މި ވަގުތު ހުރި އެންމެ ގާބިލު އެއް ކޯޗުކަން އޭނާ ސްޕޯޓިން ލިޒްބަންގައި ކުރި މަސައްކަތުން ސާބިތުވެ އެވެ. އެ ގޮތުން، 2007 އިން 2013 އަށް ޔުނައިޓެޑްގެ އެސިސްޓަންޓް ކޯޗަަކަށް މަަސައްކަތްކުރި މުލެންސްޓީން ބުނީ، އަމޮރިމް އަށް ފުރަތަމަ އޮތީ އުނދަގޫ ޗެލެންޖެއް ކަމަށެެވެ.

"ސީޒަނެއްގެ މެދުތެރެއިން ޓީމަކާ ހަވާލުވެ، އަމިއްލަ އަށް މަސައްކަތް ކުރަމުން އައި ސިސްޓަމެއްގެ ތެރެއަށް އާ ކުޅުންތެރިންތަކެއް ލައިގެން ކުރިއަށްދާން އުނދަގޫވާނެ. އަހަންނަށް އެބަފެނޭ ފުރަތަމަ ދުވަސްތަކުގައި، އަމޮރިމް އަށް އެ ޗެލެންޖް އޮތްތަން،" މުލެންސްޓީން ބުންޏެވެ.

އޭނާ ބުނީ، ފާގަސަންގެ އެހީތެރިކަން ހޯދައިގެން، ޔުނައިޓެޑްގެ ކަންކަން ދަސްކޮށްގެން ކުރިއަށްދާނަމަ އަމޮރިމް އަށް ފަސޭހަތަކެއް ހުންނާނެ ކަމަށެވެ.

"ފާގަސަން އަކީ ޒުވާން ކޯޗުންނަށް އެހީތެރިވާ ފަރާތެއް. އަމުދުން ޔުނައިޓެޑާ ހަވާލުވާ ކޯޗަކަށް ފާގަސަންގެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނާނީ. ޔުނައިޓެޑްގެ ކަންކަން ދެނެގަންނަން އަމޮރިމް ބޭނުންނަމަ ފާގަސަންގެ ލަފާ ހޯދޭނެ" މުލެންސްޓީން ބުންޏެވެ.

އަމޮރިމް އަކީ 2013 ވަނަ އަަހަރު އަލެކްސް ފާގަސަން ރިޓަޔާކުރި ފަހުން، ޔުނައިޓެޑާ ހަވާލުވާނެ 10 ވަނަ ކޯޗެވެ. އޭގެ ތެރޭގައި ހިމެނެނީ، ފަސް ފުލް ޓައިމް ކޯޗުންނާއި ހަތަރު ކެއާޓޭކާ/އިންޓަރިމް ކޯޗުންނެވެ. ޔުނައިޓެޑާ އެކު، އަމޮރިމް ސޮއިކުރި ކޮންޓްރެކްޓް އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.