Advertisement

މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު ރަނގަޅުކުރަން އަމޮރިމް އަންނަނީ ފާގަސަންގެ ލަފާ ހޯދަމުން

21 ޖަނަވަރީ 2025 - 07:41 0

Advertisement


މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު ރަނގަޅުކުރަން އަމޮރިމް އަންނަނީ ފާގަސަންގެ ލަފާ ހޯދަމުން

21 ޖަނަވަރީ 2025 - 07:41 0

Advertisement

މެންޗެސްޓާ (ޖެނުއަރީ 21) - މެންޗެސްޓާ ޔުނައިޓެޑް މި ވަގުތު ވެއްޓިފައިވާ ހާލަތުން އަރައިގަންނަން އެ ޓީމުގެ ކޯޗު، ރުބެން އަމޮރިމް އެ ކްލަބްގެ ލެޖެންޑަރީ ކޯޗު، އަލެކްސް ފާގަސަންގެ ލަފާހޯދަމުން އަންނަ ކަަމަށް ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ސީޒަން މެދުތެރެއިން ހަވާލުވި ޕޯޗުގީސް ކޯޗު އަމޮރިމް އަންނަނީ އެ ކްލަބްގެ ހާލަތު ބަދަލުކުރަން ކުރާ މަސައްކަތުގެ ތެރޭގައި، އުނދަގޫ ގިނަ ނަތީޖާތަކާ އެ ޓީމުން ކުރިމަތިލާން ޖެހޭނެ ކަމަށް ބުނަމުންނެވެ. ޔުނައިޓެޑް މި ވަގުތު ލީގުގައި އޮތީ 13 ވަނައިގަ އެވެ.

Advertisement

އެ ގޮތުން، އެންމެ ފަހުން އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޔުނައިޓެޑް 3-1 އިން ބަލިވި މެޗަށް ފަހު، އަމޮރިމް ވަނީ މި ވަގުތު އޮތީ ޔުނައިޓެޑްގެ 147 އަހަރުވީ ދިގު ތާރީހުގައި ވެސް އެންމެ ދަށް ޓީމަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.

ފާގަސަން، 2013 ވަނަ އަހަރު ރިޓަޔާކުރި ފަހުން، ޔުނައިޓެޑާ ހަވާލުވި 10 ވަނަ ކޯޗަކީ އަމޮރިމް އެވެ. އޭގެ ތެރޭގައި ހިމެނެނީ، ފަސް ފުލް ޓައިމް ކޯޗުންނާއި ހަތަރު ކެއާޓޭކާ/އިންޓަރިމް ކޯޗުންނެވެ. ޔުނައިޓެޑާ އެކު، އަމޮރިމް ސޮއިކުރި ކޮންޓްރެކްޓް އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަމޮރިމް އަށް މިހާތަނަށް ޔުނައިޓެޑްގެ ހުރިހާ ކަމެއް ރަނގަޅު ނުކުރެވުނު ކަމުގައި ވިޔަސް ބޮޑެތި މެޗުތަކުގައި އުންމީދީ ނަތީޖާތަކެއް ނެރެފައިވެ އެވެ.

ރޭޑިއޯ5ލައިވް އަށް ދިން އިންޓަވިއުއެއްގައި އަމޮރިމް ވަނީ ޔުނައިޓެޑްގެ ކަންކަން ރަނގަޅުކުރަން ފާގަސަންއާ ވާހަކަ ދައްކައި ލަފާހޯދަމުން އަންނަ ކަމަށް ބުނެފަ އެވެ.

Advertisement

މި ފަހުން ފާގަަސަން އަންނަނީ ޔުނައިޓެޑްގެ ހޯމް އެންޑް އަވޭ ގިނަ މެޗުތަކެއް ބަލަން ދަނޑަށް ޒިޔާރާތް ކުރަމުންނެވެ.

ޔުނައިޓެޑުން ހަރަދުުކުޑަކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިން މި ސީޒަން ނިމުމުން، ފާގަސަންގެ އެމްބަސަޑަރު ރޯލު އުވާލަން ނިންމާފައިވީ ނަމަވެސް، ކްލަބްގެ ކަންކަމުގައި ފާގަސަން އަށް ބައިވެރިވެ އުޅުމުގެ ހުއްދައެއް ކްލަބްގެ ބޯޑުން ވަނީ ދީފަ އެވެ.

ޔުނައިޓެޑަށް 1986 އިން 2013 އަށް ކޯޗުކޮށްދިން ފާގަސަން، 82، ރިޓަޔާކުރި އެ އަހަރަށް ފަހު އަންނަނީ، ޔުނައިޓެޑްގެ އެމްބަސަޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، އެ ޑީލުގެ ސަބަބުން އަހަރަކު ފާގަސަން އަށް ގާތްގަނޑަކަށް 2.5 މިލިއަން ޑޮލަރުގެ އެލަވަންސެއް ލިބެ އެވެ.