ކުޑަގިރި؛ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތައްޔާރުކުރަމުން އަންނަ އެ ރަށް މިއަދު ހުޅުވާލާނެ ކަމަށް ކުރިން ބުނި
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ކުޑަގިރި މިއަދު ނުހުޅުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
"އަދަދު"އާ ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ޕިކްނިކް އައިލެންޑުގައި ކުރަން ހުރި ބައެއް މަސައްކަތްތައް އަދި ނުނިމޭ ކަމަށެވެ. އެހެންކަމުން، ޕިކްނިކް އައިލެންޑް ހުޅުވުން ފަސްކޮށްފައިވާ ކަމަށެވެ.
މިވަގުތު ލަފާ ކޮށްފައި ވެސް ދަންނަވަން ދަތި ހުޅުވޭނެ ތާރީހެއް," އަކްރަމް
އަކްރަމް ވިދާޅުވީ ޕިކްނިކް އައިލެންޑުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެތަން ހުޅުވާލާނެ ކަމަށެވެ. ނަމަވެސް, ހުޅުވޭނެ ތާރީހެއް ދަންނަވަން ދަތިކަމަށް އޭނާ ވިދާޅުވި އެވެ.
ހަައުސިން ޑިވޮލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން މާސްޓާ ޕްލޭން ތައްޔާރުކޮށް، ކުޑަގިރީގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ޖުލައި 26 އަށް ނިންމައި, ދަތުރު ދެވޭވަރު ކުރުމަށް ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
ކުޑަގިރި ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެޗްޑީސީގެ އިތުރުން އެމްޓީސީސީ އާއި ފެނަކަ އާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ ހިމެނޭހެން ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެންނެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ނެތް މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ކ. ކުޑަގިރި ފަޅު ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހަދަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.
ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދެ ރަށެއް ހިއްކިއިރު، މި ދެ ރަށުގައި ވެސް، ދަތުރުދާ މީހުންނަށް ހާއްސަކޮށްގެން ތަފާތު އެކި ވަސީލަތްތައް ގާއިމުކުރާނެ އެވެ. އޭގެ ތެރޭގައި ކޮޓަރިތަކާއި، ޕޫލް ސަރަހައްދަކާއި ފުޓްސަލް ދަނޑު ފަދަ ތަންތަން ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment