21 ޖުލައި 2022 - 15:25 3
އައިޝަތު ނުޒުހާ
އާރްޓީއެލް ފެރީ މަކުނުދޫއިން ފުރިޔަ ނުދީ ހުއްޓުވާފައި-- ފޮޓޯ: މުހައްމަދު މޫސާ/ ޓްވިޓާ
21 ޖުލައި 2022 - 15:25 3
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގުޅިގެން ކުރިއަށްގެންދާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޝެޑިއުލާ މެދު ހިތްހަމަނުޖެހި، ހދ. މަކުނުދޫއިން ފުރިޔަ ނުދީ ހިފަހައްޓައިފި އެވެ.
ފެރީގެ ޝެޑިއުލާ މެދު ހިތްހަމަނުޖެހި، ލޯންޗު ހުއްޓުވައިގެން މަކުނުދޫގައި މިއަދުގެ އިހުތިޖާޖެއް ކޮށްފައިވާއިރު، އެ ރަށު މީހުންގެ އެންމެ ކަންބޮޑުވުމަކީ ކޮންމެ ދުވަހަކު ވެސް މަކުނުދޫއިން ފަށާ ފެރީ، ވައިކަރަދޫގައި ބަނދަރު ކޮށްފައި އޮތުމެވެ.
އަދި، ދަތުރު ނިންމުމަށްފަހު މަކުނުދޫއިން ވައިކަރަދުއަށް އަދި ފެށުމަށް ވައިކަރަދޫއިން މަކުނުދޫއިން ކުރާ ހުސް ދަތުރުގައި މީހުން ގެންދެވޭނެ އެއްވެސް އިންތިޒާމެއް ހަމަޖައްސާފައި ނެތުމެވެ.
"މި ރަށުގައި ތިބި ނޭކުރަންދޫ އާއިލާއެއް، އެ ބޭފުޅުންގެ ކަންބޮޑުވުމަކަށްވީ އެ ދަތުރުގައި އަނބުރާ ނުދެވޭތީވެ، ދެން އެކަމާ ގުޅިގެން އެ އާއިލާއިން މި ފެރީއަށް މި އެރީ، ދެން ރަށު ރައްޔިތުންގެ ކަންބޮޑުވުން ވެސް ހުރުމާއެކު ރަށުގެ ބައެއް ރައްޔިތުން ވެސް އެ ސަރަހައްދަށް އެއްވެފައި ވަނީ،" މިއަދު ހިނގައިދިޔަ ކަންތަކާ ގުޅޭ ގޮތުން މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް މި ނޫހަށް ވިދާޅުވި އެވެ.
އެ ގޮތަށް ދަތުރު ނުކުރެވޭނެ ކަމަށާއި ވައިކަރަދޫއަށް ކުރާ ހުސް ދަތުރުގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަން ވެސް ބަނދަރު ސަރަހައްދަށް އެއްވި އާންމުން ގޮވާލަމުން އައި ކަމަށް އައުޒަމް ވިދާޅުވި އެވެ.
ލޯންޗަށް އެރި މީހުން މީހުން އެ ސަރަހައްދުން ދުރަށް ޖައްސާފައިވީނަމަވެސް، ލޯންޗު އަދިވެސް އޮތީ މަކުނުދޫގަ އެވެ.
"ލޯންޗު ނުއެއް ފުރާ އަދި، އެކަމަކު މަކުނުދޫ ސަރަހައްދުގައި އަދިވެސް ލޯންޗު އޮތީ، އެކަމަކު ފުލުހުންގެ އެހީތެރިކަމާއެކު ލޯންޗުން މީހުން ވަނީ ހުސްކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ދަތުރުކުރުމުގައި އަބަދުވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ މަކުނުދޫއަށް އާރްޓީއެލް ފެރީގެ ސަބަބުން ގިނަ ފަސޭހަތަކެއް ވެގެން ދިޔަ ކަން ފާހަގަކުރައްވައި އައުޒަމް އިތުރަށް ވިދާޅުވީ އެހެންނަމަވެސް ޝެޑިއުލްގައި ބައެއް ގޮންޖެހުންތައް ހުރި ކަމަށެވެ.
"މި މައްސަލަތައް ހައްލު ކުރުމަށް ކައުންސިލުން ވެސް ޕްލޭނިން މިނިސްޓްރީއާއި އެމްޓީސީސީއާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީން އާރްޓީއެލް ފެރީގެ ހިދުމަތް ފަށާފައިވަނީ މިދިޔަ މެއި މަހު އެވެ.
25.00%
12.50%
37.50%
25.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
މުކި
over 2 years ago
ދެން މަކުނުދޫއަށް ނުދާގޮތަށް ހަދާލާ... އޭރުން ރާކަނިމަސް ކެވޭނެ..
ސިރާޖު
over 2 years ago
އާރުޓީއެލް ފެރީ ޝެޑިއުލްގަ މައްސަލަ އުޅޭ ކަމަށް ބަލައި މައްސަލަ ޖައްސަން އެންމެ ރަނގަޅީ ކުޅުދުއްފުށީ މީހުން. ކުޅުދުއްފުށިން ފުރަނީ ކޮންމެ ދުވަހަކު ހަވީރު އަންނަނީ ހެނދުނު އެހެންވީމަ ރޭނުކުރާ ގޮތަކަށް އެއްވެސް ރަށަކަށް ނުދެވޭ. މީ ރާއްޖޭގަ ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ރަށުގެ ރައްޔިރުންނަށް ކުރާ ޖެއްސުމެއްބާ؟
ކަތް ދައްތަ
over 2 years ago
ޜަށުމީހުންގެ ޚިޔާލާވެސް އެކު ޝެޑިއުލް ހަމަޖެއްސިނަމަ ދޮއްތަ. ޜަށްރަށުގެ ކަންތައް ނިންމުމުގަ އެމީހުންގެ ޚިޔާލް ވަރަށް މުހިއްމު ވާނެކަން ދަންނަން ވާނެ. ޢަސްލަމާ އާޒިމަކަށް ނޭގޭނެ ރައްޔިތު މީހާ ދަތުރުކުރަންް ބޭނުންވާ ގޮތެއް.
Comment