21 ޖުލައި 2022 - 08:45 1
ފާތިމަތު އަޖްފާން
މިނިސްޓަރު ނަހުލާ: މިއީ އިކާއޯއަށް ނައިބް ރައީސްކު ހަމަޖެއްސި ފުރަތަމަ ފަހަރު-- ފޮޓޯ: އަދަދު
21 ޖުލައި 2022 - 08:45 1
ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ގޭސް މަދުކުރުމުގެ އަމާޒުގައި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ބާއްވާ މަތީ ފަންތީގެ ބައްދަލުވުމުގެ ވައިސް ޗެއާޕާސަނަކަށް ރާއްޖޭގެ ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިންތިހާބުކޮށްފި އެވެ.
އޭނާ މި މަގާމަށް އިންތިހާބު ކުރުމަށް ނޮމިނޭޓު ކުރީ ސިންގަޕޫރުންނެވެ. އަދި، އެ ނޮމިނޭޝަނަށް ތާއިދުކުރީ ގްރީސް އިންނެވެ. މި މަހުގެ 19 ވަނަ ދުވަހު ކެނެޑާގެ މޮންޓްރިއަލްގައި ފެށި މި ބައްދަލުވުން މިއަދު ނިމޭނެ އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއް ގައުމަކީ ރާއްޖެކަން ފާހަގަކުރައްވައި 2050 ގެ ކުރިން ކާބަން ނިއުޓްރަލް ވުމަށް އައިކާއޯއިން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރަން ރާއްޖޭގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ދުނިޔޭގެ ގައުމުތަކުގެ އޭވިއޭޝަން މިނިސްޓަރުންނާއި ޕޮލިސީ މޭކަރުން މި ބައްދަލުވުމުގައި ބައިވެރިވެ އެވެ.
މި ބައްދަލުވުމުގައި ނިންމާ ނިންމުންތައް އައިކާއޯގެ 41 ވަނަ އާންމު ބައްދަލުވުމަށް ހުށަހަޅާނެ އެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި އޭވިއޭޝަން ދާއިރާގައި ޓެކްނޮލޮޖީ ބޭނުން ކުރެވޭނެ ގޮތްތަކާއި ތެލުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ހިމެނެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޖޮންގޯ
over 2 years ago
ނަހުލާ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރަކަށްވީ ބިޒްނަސް ކުލާހުގައި ދަތުރުކޮށްގެން ތޯ؟
Comment