Advertisement

މަޖިލިސް މެންބަރުންނާއި އާއިލާގެ އިންޝުއަރެންސަށް މިއަހަރު ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ

24 ޖުލައި 2022 - 09:16 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ތެރެއިން-- ފޮޓޯ: މަޖިލިސް


މަޖިލިސް މެންބަރުންނާއި އާއިލާގެ އިންޝުއަރެންސަށް މިއަހަރު ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ

24 ޖުލައި 2022 - 09:16 0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާއިލާގެ ހެލްތް އިންޝުއަރެންސަށް މި އަހަރު ހަތް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުން މެންބަރުންނާއި މެންބަރުންގެ އަނބިން/ފިރިންގެ އިތުރުން 18 އަހަރު ނުފުރޭ ކުދިން މެޑިކަލް އިންޝުއަރެންސްގައި ބައިވެރިކޮށްދޭން ޖެހޭނެ އެވެ.

މަޖިލީހުގެ އިދާރާއިން މި ނޫހަށް ހިއްސާކޮށްފައިވާ އަދަދުތަކަށް ބަލާއިރު، މި އަހަރުގެ މެއި މަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް މެޑިކަލް އިންޝުއަރެންސްގެ ގޮތުގައި 87 މެންބަރުންނަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވެ އެވެ.

އަނބިމީހާއާއި ފިރިމީހާގެ އިތުރުން 18 އަހަރު ނުފުރޭ ދަރިން ތިބޭ އަދަދަށް ބަލައި މަޖިލީހުގެ އިދާރާއިން އިންޝުއަރެންސް ކަނޑައަޅާއިރު، އިންޝުއަރެންސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށެވެ. ގާސިމާއި އާއިލާގެ އިންޝުއަރެންސްގެ ގޮތުގައި 240،000 ހަމަޖައްސާފައިވެ އެވެ.

މި އިންޝުއަރެންސް ޕެކޭޖުގެ ދަށުން، މެންބަރުންނާއި އާއިލާއަށް ކޮންމެ އަހަރަކު ރާއްޖެއާއި ސާކް އަދި އާޝިއާން ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ އެވެ.