Advertisement

40 އަހަރުގެ ސެރީނާ ޔޫއެސް އޯޕަންގައި ކުޅުމުގެ ފުރުސަތު އެބައޮތް

17 ޖުލައި 2022 - 09:14 0

ވިމްބަލްޑަން މެޗުގެ ތެރެއިން ސެރީނާ.-- ފޮޓޯ: އޭއެފްޕީ


40 އަހަރުގެ ސެރީނާ ޔޫއެސް އޯޕަންގައި ކުޅުމުގެ ފުރުސަތު އެބައޮތް

17 ޖުލައި 2022 - 09:14 0

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 17) - އަންނަ މަހުގެ ފަހުކޮޅުގައި ބާއްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި މަޝްހޫރު ކުުޅުންތެރިޔާ ސެރީނާ ވިިލިއަމްސް ފެނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

ފާއިތުވި އަހަރެއްހާ ދުވަސްތެރޭ، އުމުރުން 40 އަހަރުގެ ސެރީނާ ކުޅުނީ ދާދި ފަހުން ނިމުނު ވިމްބަލްޑަން ޓެނިސް މުބާރާތުގަ އެވެ. އެ މުބާރާތުގެ ފުރަތަމަ ބުުރުގައި ފްރާންސްގެ ހާމަނީ ޓޭން އަތުން ބަލިވެ، ސެރީނާ އަށް މުބާރާތް ނިމުނީ އެވެ.

އެ މެޗަށް ފަހު ދިން އިންޓަވިއުގައި ސެރީނާ ވަނީ ކުރިއަށް ހުރި މުބާރާތްތަކުގައި ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށް ބުނެފަ އެވެ.

އެކަމަކު، ސެރީނާ ވަނީ އަންނަ މަހު ޔޫއެސް އޯޕަންގެ ކުރިން އޮންނަ ވޯމަޕް މުބާރާތްތަކަށް އެންޓްރީ ހަދައިފަ އެވެ. އެ ގޮތުން ޓޮރޮންޓޯގައި ބާއްވާ ނެޝަނަލް ބޭންކް އޯޕަންގައި ސެރީނާ ވާދަކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

ރަސްމީ މެޗަކުން މޮޅެއް ނުލިބޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާތީ ސެރީނާ މި ވަގުތު ރޭންކް ކޮށްފައެއް ނުވެ އެވެ.

ހަ ފަހަރު ޔޫއެސް އޯޕަން ކާމިޔާބުކުރި ސެރީނާ އެންމެ ފުރަތަމަ އުފުލާލި ގްރޭންޑް ސްލޭމް ތަށްޓަކީ ވެސް ޔޫއެސް އޯޕަން އެވެ. މި އަހަރުގެ ޔޫއެސް އޯޕަން ފަށާނީ އަންނަ މަހުގެ 29 ވަނަ ދުވަހު އެވެ.

ތޭވީސް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ ސެރީނާ އެންމެ ފުރަތަމަ ޔޫއެސް އޯޕަން ކާމިޔާބުކުރީ 1999 ވަނަ އަހަރު އެވެ. އޭނާ އެންމެ ފަހުން އަތްލި ގްރޭންޑް ސްލޭމް ތަށްޓަކީ 2017 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އެވެ.

ސެރީނާ ދެން ހޯދާ ގްރޭންޑް ސްލޭމާ އެކު، ރެކޯޑަކާ ހަމަކުރެވޭނެ އެވެ. އެއީ 24 ގްރޭންޑް ސްލޭމް ހޯދައިގެން އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިޔާ، މާގަރެޓް ކޯޓް ހަދާފައިވާ ރެކޯޑާ އެވެ.