Advertisement

ދެވަނަ ފިޔަވަހިން އެއާޕޯޓަށް ކޮންމެ 30 މިނެޓަކުން ބަސް ދަތުރުތައް ބާއްވަނީ

9 ޖުލައި 2022 - 21:59 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ދެވަނަ ފިޔަވަހިން އެއާޕޯޓަށް ކޮންމެ 30 މިނެޓަކުން ބަސް ދަތުރުތައް ބާއްވަނީ

9 ޖުލައި 2022 - 21:59 0

ހުޅުމާލޭ ދެވަނަ ފިޔަވަހިން އެއާޕޯޓަށް ކޮންމެ 30 މިނެޓަކުން ބަސް ދަތުރުތައް ބޭއްވުމަށް ނިންމައި އެމްޓީސީސީން ގްރޭޓާ މާލެ އޭރިއާގެ ބަސް ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފި އެވެ.

މިއަދު ގެނައި ބަދަލުތަކުގެ ތެރޭގައި މީގެކުރިން އެއާޕޯޓަށް ދެވަނަ ފިޔަވަހިން އެއް ގަޑިއިރުން އޮންނަ ދަތުރުތައް 30 މިނެޓުން ބާއްވާނެކަން އެމްޓީސީސީން ވަނީ ހާމަކޮށްފަ އެވެ.

އަދި، އެ ބަދަލާ އެކު ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް އެއާޕޯޓަށް ދިޔުމަށް ލިބިގެންދާނެ އެވެ.

ދެވަނަ ފިޔަވަހި އާބާދުވަމުންދާއިރު އެއާޕޯޓުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ވަނީ އެ ސަރަހައްދަށް ބަދަލުވެފަ އެވެ.

އަދި، މިއީ އެތެރޭގެ އުދުހުންތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެކެވެ. އެހެންކަމުން މި ބަދަލާ އެކު އެއާޕޯޓަށް ދިޔުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އޭގެ އިތުރުން، މާލެއިން ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށް ކުރާ ދަތުރުތައް ދަންވަރު 12:15 އާ ހަމައަށް ވެސް ވަނީ އިތުރުކޮށްފަ އެވެ.

އެމްޓީސީސީގެ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ބަހުގެ ހިދުމަތް އަންނަނީ ދުވަހެއް ދުވަހަކަށް ފުޅާކުރަމުންނެވެ. އެގޮތުން، އަވަސް މުސްތަގުބަލެއްގައި މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.