Advertisement

ގެއްލުނު ރާމިޒު ދަތުރުކުރި ކަމަށް ބުނާ ކެނޯއެއް ފެނިއްޖެ

9 ޖުލައި 2022 - 16:08 0

ނިމާ ހަސަން

ނިމާ ހަސަން

ގެއްލިގެން ހޯދަމުން އަންނަ ރާމިޒް ދަތުރުކުރި ކަމަށް ބުނާ ކެނޯ


ގެއްލުނު ރާމިޒު ދަތުރުކުރި ކަމަށް ބުނާ ކެނޯއެއް ފެނިއްޖެ

9 ޖުލައި 2022 - 16:08 0

ނ. ހެނބަދޫއިން ގެއްލިގެން ހޯދަމުންދާ އިބްރާހިމް ރާމިޒު ދަތުރުކުރި ކަމަށް ބެލެވޭ ކެނޯއެއް ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، ރާމިޒު ދަތުރުކުރިކަމަށް ބެލެވޭ ކެނޯ، ފެނިފައި ވަނީ ނ. ކެނދިކުޅުދޫގެ ހުޅަނގުއުތުރު ފަރާތު އަތިރިމައްޗަށް ލައްގާފައި އޮއްވާ ކަމަށެވެ. އަދި, ކެނޯ ފެނިފައި ވަނީ އާންމު މީހަކަށް ކަމަށާއި، އެކަމުގެ ރިޕޯޓު ކުރީ އެރަށު ކައުންސިލަށް ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ރާމިޒް ދަތުރުކުރިކަމަށް ބެލެވޭ ކެނޯ ފެނުނުކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނީ މިއަދު ހެނދުނު 10:15 ހާއިރު ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަނުން ކުރަމުންދާ ކަމަށެވެ.

ހެންބަދޫ ކުންނާރުމާގޭ އުމުރުން 28 އަހަރުގެ އިބްރާހިމް ރާމިޒު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ރާމިޒް އެންމެ ފަހުން ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އެންމެ ފަހުން ފެނުނު އިރު ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އާއިލާއާ ހަވާލާދީ ފުލުުހުން އިތުރަށް ބުނެފައިވާ ގޮތުގައި އޭނާ ކެނޯއެއްގައި އެކަނި ކަނޑުމައްޗަށް ނުކުތީ ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ 9311499 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.