Advertisement

ވިލާ ގޭސްގެ ހާއްސަ ޕްރޮމޯޝަނެއް، އެންމެ 499ރ. އަށް ކޮމްޕޮސިޓް ސިލިންޑަރަށް ބަދަލުކުރެވޭނެ

4 ޖުލައި 2022 - 13:31 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ވިލާ ގޭސްގެ ލުއި ފުޅިތަކެއް. މި ޕްރޮމޯޝަން ސެޕްޓެމްބަރު މަހާ ހަމައަށް ކުރިއަށް ގެންދާނެ --- ފޮޓޯ: ވިލާ ހަކަތަ


ވިލާ ގޭސްގެ ހާއްސަ ޕްރޮމޯޝަނެއް، އެންމެ 499ރ. އަށް ކޮމްޕޮސިޓް ސިލިންޑަރަށް ބަދަލުކުރެވޭނެ

4 ޖުލައި 2022 - 13:31 0

ވިލާ ގޭސް ގެ ކޮމްޕޮސިޓް ފުޅިއަށް ހެޔޮ އަގެއްގައި ބަދަލުކުރެވޭނެ ހާއްސަ ޕްރޮމޯޝަނެއް ވިލާ ހަކަތައިން މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން އެ ކުންފުނިން ވިއްކާ ކޮމްޕޮސިޓް ފުޅި ބޭނުން ނުކުރާ ކަސްޓަމަރުންނަށް އެންމެ 499ރ. އަށް ލުއި ފުޅިއަށް ބަދަލުކުރޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ސެޕްޓެމްބަރު 30 ގެ ނިޔަލަށް ކަމަށް ވިލާ ހަކަތައިން މައުލޫމާތު ދެ އެވެ.

އަދި، އެ ކުންފުނީގެ ނަންބަރު 3336633 އަށް ގުޅައިގެން މި ޕްރޮމޯޝަންގެ ދަށުން ލުއި ފުޅިއަށް ބަދަލުކުރެވޭނެ ކަމަށް ވިލާ ހަކަތައިން ބުނެ އެވެ.

ރައްކާތެރި ކޮމްޕޮސިޓް ފުޅި ވިލާ އިން ތައާރަފްކުރީ 2017 ގަ އެވެ. މި ފުޅީގެ ބަރުދަނުގައި ހުންނަނީ 6.6 ކިލޯ އެވެ. އަދި، ގޭހާ އެކު ބަރުދަނުގައި ހުންނަނީ 16 ކިލޯ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެލްޕީޖީ ސްޓޯރޭޖް ފެސިލިޓީ އާއި ޑެޑިކޭޓެޑް ޓީމެއް އޮތް ވިލާ ގޭސް އަކީ ރާއްޖޭގައި އެންމެ އިތުބާރުކުރެވޭ އެއް ބްރޭންޑެވެ.

ވިލާ ގޭސް ވިއްކަނީ ވިލާ ޓްރޭޑިންގެ ބްރާންޗެއް ކަމަށްވާ ވިލާ ހަކަތައިންނެވެ. ވިލާ ހަކަތައަކީ ރާއްޖޭގައި ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިންގެ އޮއިލް)، ސިމެންތި އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ވިޔަފާރިކުރާ ބޮޑު ވިޔަފާރިއެކެވެ.