Advertisement

ފެންފުށީގައި މޫދަށް އެރި އުޅުނު ޒުވާނަކު މަރުވެއްޖެ

1 ޖުލައި 2022 - 21:15 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ފެންފުށި: މަރުވީ އުމުރުން 23 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން މައުލޫމާތު ދޭ -- ފޮޓޯ: ގޫގަލް ކެޕްޗާ


ފެންފުށީގައި މޫދަށް އެރި އުޅުނު ޒުވާނަކު މަރުވެއްޖެ

1 ޖުލައި 2022 - 21:15 1

އދ. ފެންފުށީގައި މިއަދު މޫދަށް އެރި އުޅުނު ދެ ޒުވާނެއްގެ ހާލު ދެރަވެ އޭގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.

ފުލުހުން ރަސްމީ މީޑިއާއިން ބުނީ މަރުވެފައި ވަނީ އުމުރުން 23 އަހަރުގެ ޒުވާނެއް ކަމަށެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ އެއީ ތ. އަތޮޅު ދިޔަމިނގިއްޔަށް ނިސްބަތްވާ ޒުވާނެކެވެ.

ފުލުހުން ބުނީ މޫދަށް އެރި އުޅެނިކޮށް ދެ 19 އަހަރާއި 23 އަހަރުގެ ދެ ޒުވާނުން ގެއްލިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 6:00 ޖެހިއިރު ކަމަށެވެ. އެ ދެ މީހުން ފެނުނު ނަމަވެސް ފެންފުށީ ހޮސްޕިޓަލުގައި ފަރުވާދެނިކޮށް އޭގެ ތެރެއިން 23 އަހަރުގެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގިއިރު މިއަދަކީ މެދު ރާއްޖެ ތެރެ އާއި ދެކުނަށް ކަނޑު ގަދަ ދުވަހެކެވެ. އެ ހާދިސާގެ އެއްވެސް މައުލޫމާތެއް ރަށު ކައުންސިލް ގުޅައިގެން ނުލިބުނެވެ. އަދި ހޮސްޕިޓަލުން ފޯނު ނުނަގާތީ އެ އިދާރާއިން ވެސް މައުލޫމާތެއް ނުލިބުނެވެ.