Advertisement

ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ސަފީރުކަމަށް ތަސްމީނަށް ރުހުންދީފި

30 ޖޫން 2022 - 12:40 1

އައިޝަތު ނުޒުހާ

އ

Advertisement

ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ތަސްމީން އަލީ އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް އޭނާ އައްޔަން ކުރަން ވަނީ ރުހުން ދީފައި-- ފޮޓޯ:އެމްޑީޕީ


ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ސަފީރުކަމަށް ތަސްމީނަށް ރުހުންދީފި

30 ޖޫން 2022 - 12:40 1

Advertisement

Advertisement

ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ސަފީރުކަމަށް، ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ކުރިން އެ މަގާމުގައި ހުންނެވި ހ. ޖެހޭ ވައި، އިބްރާހީމް ޝަހީބު، އިންޑިއާއަށް ބަދަލުކޮށް، އެމަގާމަށް ތަސްމީން އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

Advertisement

ތަސްމީނަށް ރުހުން ދިނުމާމެދު މިއަދު ނެގި ވޯޓުގައި އޭނާއަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގައި ކުރިން ހުންނެވީ ވިސާމް އަލީ އެވެ. އެއީ ތަސްމީނުގެ އަނބިކަނބަލުންނެވެ.

ސިންގަޕޫރު ސަފީރުކަމަށް އައްޔަންކުރަން ރުހުން ހޯދަން މިއަދު ހުށަހެޅުއްވި ތަސްމީނަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ސަރުކާރުގެ ފަހު ދައުރުގައި ހޯމް މިނިސްޓަރަކަށް ހުންނެވި ބޭފުޅެކެވެ. މައުމޫނަށް ނާކާމިޔާބު ވެވަޑައިގެންނެވި، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކީ ވެސް ތަސްމީނެވެ. އޭރު މައުމޫނު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޑީއާރްޕީގެ ލީޑަރުކަން ވެސް ތަސްމީނު ކުރެއްވި އެވެ.

Advertisement

އޭނާ ފަހުން ވަނީ މިހާރު ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އަލީރަޝީދު

over 2 years ago

މިފަދަ މަގާމުތައް ހަވާލުކުރެވޭ މީހުން މިތިބެނީ ދަރާ ބޯނުހިކޭ ހިސާބުގައެވެ. މަގާމާ ހަވާލުވުމުގެ ކުރިން މީހުންގެ ހައްގުތައް އަދާކުރުމަށް ދަންނަވަމެވެ.