އަގުހުރި އިނާމްތަކަކާ އެކު ލިވަޕޫލް ސަޕޯޓަރުންގެ ގްރޫޕުން ސީޒަން ނިންމާލީ ހާއްސަ އިވެންޓަކުން

28 ޖޫން 2022 - 07:21 0

ލިވަޕޫލް ސަޕޯޓަރުންގެ ގްރޫޕުން ބޭއްވި ސީޒަން ނިމުމުގެ އިވެންޓްގެ ތެރެއިން ފެންޓަސީ ލީގުގެ ގަދަ ތިނެއް ފައިސާގެ އިނާމްގެ ރަމްޒީ ޗެކް ހިފައިގެން.--


އަގުހުރި އިނާމްތަކަކާ އެކު ލިވަޕޫލް ސަޕޯޓަރުންގެ ގްރޫޕުން ސީޒަން ނިންމާލީ ހާއްސަ އިވެންޓަކުން

28 ޖޫން 2022 - 07:21 0

ރާއްޖޭގައި އެންމެ ހަރަކާތްތެރި ސަޕޯޓަރުންގެ ގްރޫޕް، "އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް" އިން އަގުހުރި އިނާމްތަކެއް ދީ ސީޒަން ނިމުން ފާހަގަކޮށްފި އެވެ.

ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިނގާ ލިވަޕޫލް ސަޕޯޓަރުންގެ ގްރޫޕް، އޯއެލްއެސްސީ އަކީ ލިވަޕޫލްގެ ރަސްމީ ކްލަބުން ވެސް އެންޑޯޒްކޮށްފައިވާ ޖަމިއްޔާ އެކެވެ. ސީޒަން ނިމުން ފާހަގަކުރަން ޕޮމެލޯ ބައި ލެމަންގްރާސްގައި ބޭއްވި އިވެންޓްގައި ވަނީ ލިވަޕޫލް ސަޕޯޓަރުންގެ ގްރޫޕަށް އެކި ގޮތްގޮތުން އެހީތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ އިތުރުން ލިވަޕޫލް ސަޕޯޓަރުންގެ ގްރޫޕުން ރަސްމީކޮށް ކުރިއަށްގެންދިޔަ ފެންޓަސީ ޕްރިމިއާ ލީގުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމް ދީފަ އެވެ.

ފުޅާދާއިރާއެއްގައި މުޅި ރާއްޖެ އަށް ކޭބަލް ފޯރުކޮށްދިނުމުގެ ވިޔަފާރި ކުރަމުން އަންނަ ކޭބަލް ޝޮޕާ ގުޅިގެން އޯއެލްއެސްސީން ކުރިއަށްގެންދިޔަ ފެންޓަސީ ޕްރިމިއާ ލީގުގެ އެއް ވަނަ އަށް ދިޔަ އަބްދުﷲ ވަހީދަށް ވަނީ 50،000ރ ގެ އިނާމެއް ދީފަ އެވެ. ދެ ވަނަ ހޯދި، އިބްރާހިމް މާއިން އަހުމަދު އަށް ލިބުނީ 25،000ރ އެވެ. އަދި ތިން ވަނަ ހޯދި ޒާފިރު އަބްދުﷲ އަށް ލިބިފައިވަނީ 12،500ރ ގެ އިނާމެކެވެ. މީގެ އިތުރުން މަހަކު އެއް ފަހަރު ހޮވި، އެއް ވަނަ އަށް ވަނީ 1250ރ ގެ އިނާމެއް ދީފަ އެވެ.

އޯއެލްއެސްސީން ލެމަންގްރާސް ބައި ޕޮމެލޯގައި ބޭއްވި ސީޒަން ނިމުމުގެ އިވެންޓްގައި ބައިވެރިވި ފަރާތްތައް ފޮޓޯ އަކަށް ހުއްޓިލައިގެން.


އޯއެލްއެސްސީން ގޯލްއާރްއާ ގުޅިގެން ހިންގި ސްކޯ ޕްރިޑިކްޝަން ލީގުގެެ ވަނަތައް ވެސް ހޮވިއިރު، އޭގެ އިނާމް ފޯރުކޮށްދިނީ ޕިއްޒާ ބޯނާ އިންނެވެ.

ސީޒަން ނިމުމުގެ އިވެންޓްގައި ވާހަކަ ދައްކަވަމުން އޯއެލްއެސްސީގެ ޗެއާމަން ބައްސާމް ރަޝީދު ވިދާޅުވީ ލިވަޕޫލް ސަޕޯޓަރުންގެ ގްރޫޕްގެ ހަރަކާތްތައް މިދިޔަ އަހަރެއްހާ ދުވަހު މަޑުޖެހިފައި އޮތީ ކޮވިޑް-19ގެ ސަބަބުން މި އައި ހުއްޓުމުގެ ތެރޭގައި ކަމަށާއި ކުރިއަށް އޮތްތަނުގައި ހަރަކާތްތަކެއް ބާއްވަން މަޝްވަރާތަކެއް ކުރެެވެމުން އަންނަ ކަމަށެވެ.

އޯއެލްއެސްސީން މިހާތަނަށް ވެސް ވަނީ ރާއްޖޭގައި ހާއްސަ ހަރަކާތްތަކެއް ހިންގައިފަ އެވެ. އެ ގޮތުން 2020 ވަނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި އޯއެލްއެސްސީން ބޭއްވި ހާއްސަ އިވެންޓަކަށް ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއަލް އެގާ ވަނީ ރާއްޖެ އަތުވެފަ އެވެ. ސޯލްޓް ކެފޭގައި ކުރިއަށްދިޔަ އެ އިވެންޓްގައި ލިވަޕޫލްގެ ގިނަ ސަޕޯޓަރުންތަކެއް ބައިވެރިވި އެވެ. މިއީ ކްލަބެއްގެ ޕްރޮފެޝަނަލް ކުޅުންތެރިއަކު ރާއްޖެ ގެނެސްގެން ރަަސްމީ ހައިސިއްޔަތަކުން ސަޕޯޓަރުންގެ ގްރޫޕަކުން ބޭއްވި މި ފަދަ ފުރަތަމަ އިވެންޓެވެ.

އިޖުތިމާއީ ޒިންމާގެ ދަށުން ވެސް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ އޯއެލްއެސްސީން ވަނީ މީގެ ކުރިން ކެއާ ސޮސައިޓީ އަށް 10،000ރ ހަދިޔާކޮށްފަ އެވެ. އަދި ރާއްޖޭގައި ދިިރިއުޅޭ އެ ކްލަބްތަކުގެ ސަޕޯޓަރުންނާ ގުޅިގެން ލިވަޕޫލްގެ ސަޕޯޓަރުންގެ ގްރޫޕުން ވަނީ ފުޓްސަލް މުބާރާތެއް ވެސް ބާއްވައިފަ އެވެ.