23 ޖުލައި 2022 - 20:39 1
ލިވަޕޫލް ސަޕޯޓަރުންގެ ދިވެހި ޖަމިއްޔާ އިން ވަނީ ފްރީޑަމް ޗެރިޓީގެ ނަމުގައި ހާއްސަ އެހީ އަށް ބޭނުންވާ ދެ ފަރާތަކަށް އެހީވުމުގެ ޗެރިޓީ އިވެންޓެއް ލޯންޗްކޮށްފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
23 ޖުލައި 2022 - 20:39 1
ރާއްޖޭގެ އެންމެ ހަރަކާތްތެރިކޮށް ހިނގަމުން އަންނަ އިނގިރޭސި ކްލަބެއްގައި ރަޖިސްޓްރީވެފައިވާ ޖަމިއްޔާ، "އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް" (އޯއެލްއެސްސީ) އިން ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އެހީވުމަށް ހާއްސަ ދަރުމަވެރި ހަރަކާތެއް ލޯންޗްކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ އޯއެލްއެސްސީން ލޯންޗްކުރި ހަރަކާތަކީ "ފްރީޑަމް ޗެރިޓީ" އެވެ. މި އިވެންޓްގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ ދެ ފަރާތެއްގެ ދިރިއުޅުމަށް މުހިންމު ބަދަލެއް ގެނުވާނެ އެހީތެރިކަމެއް، އޯއެލްއެސްސީގެ މެމްބަރުންގެ ފަރާތުން ފަހިވެގެންދާނެ އެވެ.
އެ ގޮތުން އޯއެލްއެސްސީން ވަނީ ފަންޑް އެއްކޮށްގެން، ތަފާތު ދެ މީހަކަށް ދެ ޕަވާ ވީލްޗެއާ ހަދިޔާކުރަން ނިންމައިފަ އެވެ. އެގޮތުން، ވީލްޗެއާ ލިބޭ މީހުން ކަނޑައެޅުމުގައި ކަމާބެހޭ އެކިއެކި ފަރާތްތަކުގެ އެހީތެރިކަން ރަސްމީ ސިފައެއްގައި ވެސް ހޯދަން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުންގެ ގްރޫޕުން ބޭއްވި ފްރީޑަމް ޗެރިޓީ އިވެންޓްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރާއްޖޭގައި ލިވަޕޫލް ސަޕޯޓަރުންގެ ޖަމިއްޔާ ރަސްމީކޮށް ރަޖިސްޓްރީ ވެގެންދިއުމަށް ފަހު، ގިނަ އަދަދެއްގެ ލިވަޕޫލް ސަޕޯޓަރުން އެކުގައި މެޗުތައް ބެލުމަކީ ވަރަށް ފޯރީގައި ހިނގާ ކަމެކެވެ. އެހެންވެ، އޯއެލްއެސްސީން ނިންމާފައިވަނީ "ފްރީޑަމް ޗެރިޓީ" އަށް ފައިސާ އެއްކުރުމުގެ ކަންކަން ވެސް އެކުގައި ގިނަ ސަޕޯޓަރުން މެޗު ބަލަން އިންތިޒާމުކުރާ އިވެންޓްތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށެވެ. އެ ގޮތުން ފަންޑްރެއިޒިން ހަރަކާތްތައް ކުރިއަށްގެންދާނީ މެޗު ބެލުމުގެ ޓިކެޓާއި ޗެރިޓީ ޓިކެޓު ވިއްކައިގެން ކަމަށް އޯއެލްއެސްސީން މައުލޫމާތުދެ އެވެ.
އޯއެލްއެސްސީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، 25،000-30،000 ރުފިޔާގެ އަގުހުރި މި ވީލްޗެއާގައި ސްޓީލް ފްރޭމް، އެޑްޖަސްޓަބްލް އާމްރެސްޓް، ޕީވީސީ ސީޓް އަދި އެލުމިނިއަމް ފުޓް ޕްލޭޓް ހިމެނޭނެ އެވެ.
އެ ގޮތުން ޓިކެޓުތަކުގެ އަގުތަކަށް ބަލާއިރު މެޗް ބަލާ ޓިކެޓް، 150 ރުފިޔާ އަށް ވިއްކާއިރު، 50 ޕަސެންޓް ދާނީ އެހީ އަށެވެ. ޗެރިޓީ ޓިކެޓްގެ ފަސް ކެޓަގަރީ އަކަށް ވިއްކާއިރު، އެ ފައިސާ އެއްކޮށް ދާނީ އެހީ އަށެވެ. އެ ގޮތުން ޗެރިޓީ ރެޑް ޓިކެޓަކީ 100 ރުފިޔާ އެވެ. ޗެރިޓީ ޓިކެޓް ޕްލެޓިނަމްގެ އަގަކީ 500 ރުފިޔާ އެެވެ. ޗެރިޓީ ޓިކެޓް ކޮޕައިޓްގެ އަގަކީ 1000 ރުފިޔާ އެވެ. އަދި ޗެރިޓީ ޓިކެޓް ޝޭންކްސްގެ އަގަކީ 5000 ރުފިޔާ އެވެ. އަދި ޗެރިޓީ ޓިކެޓް މައިޓީ ރެޑްގެ އަގަކީ 10،000 ރުފިޔާ އެވެ.
ޗެރިޓީ ޓިކެޓެއް ނުގަނެ ވެސް ހެޔޮ އެދޭ ފަރާތްތަކުން އެހީތެރިވާން ބޭނުންނަމަ އޯއެލްއެސްސީ އަށް ގުޅައިގެން ކުރިއަށްދާންވީ އެވެ.
އޯއެލްއެސްސީގެ އިސް ހިންގުންތެރިއެއް ކަމަށްވާ އައްފާލް، އިވެންޓްގެ ތެރެއިން ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ލިވަޕޫލްގެ ދިވެހި ސަޕޯޓަރުންގެ ގްރޫޕުން ޗެރިޓީ އިވެންޓެއް ލޯންޗްކުރިއިރު، އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި މި މަހު 30 ވަނަ ދުވަހު ލިވަޕޫލުން މެންޗެސްޓާ ސިޓީއާ ކުޅޭނެ އެވެ. ލިވަޕޫލްގެ ފްރީޑަމް ޗެރިޓީ އިވެންޓްގެ ސަޕޯޓަރުންގެ ހަރަކާތްތަކާ އެކު ފެށިގެންދާނެ ކަމަށް ބޮޑަށް ބެލެވެނީ އެ މެޗުން ފެށިގެންނެވެ.
އޯއެލްއެސްސީން ވަނީ މި ހަރަކާތުގެ ޓައިމްލައިނެއް ވެސް ހަދައިފަ އެވެ. އެ ގޮތުން ފައިސާ އެއްކުރުމުގެ ހަރަކާތް ނިންމާލަން އަމާޒުހިފާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ. އެ ގޮތުން ވީލްޗެއާ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ގަންނަން ވަނީ ނިންމައިފަ އެވެ. އަދި އެ ގޮނޑި ހަވާލުކުރުން ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެ މަސް ނިމުމުގެ ކުރިން ނިންމުމަކީ ވެސް އޯއެލްއެސްސީގެ ޓާގެޓެވެ.
އިޖުތިމާއީ ޒިންމާގެ ދަށުން ވެސް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ އޯއެލްއެސްސީން ވަނީ މީގެ ކުރިން ކެއާ ސޮސައިޓީ އަށް 10،000ރ ހަދިޔާކޮށްފަ އެވެ. އަދި ރާއްޖޭގައި ދިިރިއުޅޭ އެ ކްލަބްތަކުގެ ސަޕޯޓަރުންނާ ގުޅިގެން ލިވަޕޫލްގެ ސަޕޯޓަރުންގެ ގްރޫޕުން ވަނީ ފުޓްސަލް މުބާރާތެއް ވެސް ބާއްވައިފަ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
މުންކޮ
over 2 years ago
ސަޅި
Comment