Advertisement

މޯލްޑިވްސް ޕްރޯ ޓްރަޔަލްސް: ކުޑަ އައްޔަ އާއި ޝިމާލަށް ކާމިޔާބު!

27 ޖޫން 2022 - 12:17 0

ޝިމާލް (ކ) އާއި ކުޑައައްޔަ: މޯލްޑިވްސް ޕްރޯ ޓްރަޔަލްސް ވެސް ނިންމާލީ ކާމިޔާބުކޮށް.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު/ އަަަދަދު


މޯލްޑިވްސް ޕްރޯ ޓްރަޔަލްސް: ކުޑަ އައްޔަ އާއި ޝިމާލަށް ކާމިޔާބު!

27 ޖޫން 2022 - 12:17 0

މޯލްޑިވްސް ޕްރޯ ޓްރަޔަލްސް އިއްޔެ ނިމިގެންދިޔައިރު، މެންސް އޯޕަން ޑިވިޝަނާއި ޑްރޮޕްނީ ޑިވިޝަން، ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު އަހުމަދު (ކުޑަ އައްޔަ) ކާމިޔާބުކުރިިއިރު، ޖޫނިއާ މެންސް ޑިވިޝަންގެ އެއް ވަނަ، އަބްދުﷲ ޝިމާލް ޝަމީމް ހޯދައިފި އެވެ.

ކުޑައައްޔަ އާއި ޝިމާލް އަކީ މި ފަހަރު ބޮޑީބޯޑިން ލީގުގައި ބޭއްވި ފުރަތަމަ މުބާރާތް ކަމަށްވާ އެމްޓީސީސީ ބުރުނު ޝިކާރު ޗެލެންޖްގެ ވެސް ޖޫނިއާ އަދި އޯޕަންސް ކެޓަގަރީގެ ޗެމްޕިއަނެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ، މޯލްޑިވްސް ޕްރޯ ޓްރަޔަލްސް އަކީ އަންނަ މަހު ފަހުކޮޅު މާލޭގައި ހޯސްޓްކުރާ މޯލްޑިވްސް ޕްރޯ މުބާރާތަށް ބޮޑީބޯޑަރުން ނެގުމާއި ގައުމީ ބޮޑީބޯޑަރުންގެ ސްކޮޑު އެކުލަވާލުމުގެ މުބާރާތެކެވެ. އަދި ގައުމީ ބޮޑީބޯޑިން ލީގަށް ޕޮއިންޓް ވެސް ގުނާ މުބާރާތެކެވެ.

މޯލްޑިވްސް ޕްރޯ ޓްރަޔަލްސްގެ މެންސް އޯޕަން ޑިވިޝަންގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދީ އިއްޔެގެ ފައިނަލުގައި އަލީ ޖާވިދު (ޖާއްޓެ) ބަލިކުރުމަށް ފަހު އެވެ ފޯރިގަދަކޮށް ދިޔަ ފައިނަލް ހީޓު ކުޑައައްޔަ އަށް ކާމިޔާބުވީ 14.07 ޕޮއިންޓުންނެވެ. ދެ ވަނަ އަށް ދިޔަ ޖާއްޓެ އަށް ސްކޯ ކުރެވުނީ 13.47 ޕޮއިންޓެވެ. ޖާއްޓެ އާއި ކުޑަ އައްޔަ ވެސް ވަނީ ފައިނަލް ހީޓުގައި ހަތް ރާޅުގައި އަޅައިފަ އެވެ. ހަތް ރާޅުން ސްކޯ ގުނަނީ އެންމެ ރަނގަޅު ދެ ރާޅަށް ކަމަށްވާއިރު، ކުޑައައްޔަ އެޅި ދެ ރާޅުގެ ސްކޯ އަކީ 7.57 އާއި 6.50 އެވެ. އަދި ޖާއްޓެ އެޅި ދެ ރާޅުގެ ސްކޯ އަކީ 7.17 އާއި 6.30 އެވެ.

ޖޫނިއާ ޑިވިޝަންގެ އެއް ވަަަނަ ޝިމާލަށް ލިބުނީ ފައިނަލް ހީޓުގައި މުހައްމަދު ކައިފް ބަލިކުރުމަށް ފަހު އެވެ. ޝިމަލްގެ ސްކޯ އަކީ 13.24 ޕޮއިންޓެވެ. އަދި ކައިފް އަށް ސްކޯ ކުރެވުނީ 8.77 ޕޮއިންޓެވެ. ކައިފް އަށް ރާޅުގައި އެޅި ނަމަވެސް ޝިމާލް ހަ ރާޅުގައި އަޅައި، އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ އަށް ބަލާއިރު ކުރި ލިބުނީ އެވެ. ޝިމާލް އެންމެ ސްކޯ ރަނގަޅު ދެ ރާޅު އެޅީ އެންމެ ފަހުންނެވެ.

ޑްރޮޕްނީ ފައިނަލް ހީޓުގައި ކުޑައައްޔަ ވާދަކުރީ ޝިމާލްއާ އެވެ. ކުޑައައްޔަ ވަނީ ފައިނަލުގައި 8.84 ޕޮއިންޓް ސްކޯކޮށްފަ އެވެ. ޝިމާލް އަށް ސްކޯ ކުރެވުނީ 3.23 ޕޮއިންޓެވެ.

އައިބީސީގެ ވިސްނުމަކީ ހޯސްޓްކުރާ ގައުމުގެ ހައިސިއްޔަތުން މޯލްޑިވްސް ޕްރޯ އިން ވެސް ދެ ވައިލްޑްކާޑް ސްލޮޓް ދިނުމެވެ. އެއީ ކޮންމެ ޑިވިޝަނަކަށް ދެ ސްލޮޓް ދޭ ގޮތަށެވެ. ވައިލްޑްކާޑް ސްލޮޓް ލިބޭ އެތުލީޓެއް ވާދަކުރާނީ ގަދަ 32 ބޮޑީބޯޑަރުން ވާދަކުރަން ފަށާ ހިސާބުންނެވެ. އެ ގޮތުން ވައިލްޑްކާޑް ދޭނީ ބޮޑީބޯޑިން ލީގުގެ ރޭންކިން އެއް ވަނަ އަދި ދެ ވަނަ އަށެވެ. އައިބީސީން ދޭ ވައިލްޑްކާޑް ސްލޮޓްގައި ރާއްޖޭން ވާދަކުރާނީ ސީނިއާ ޑިވިޝަނުގައި ދެ ބޮޑީބޯޑަރުންނާއި ޖޫނިއާ މެންސް ޑިވިޝަންގައި ދެ ބޮޑީބޯޑަރުންނާއި ޓްރަޔަލްސް އިން ކުރިހޯދާ ޑްރޮޕްނީ ކެޓަގަރީގެ ދެ ބޮޑީބޯޑަރުންނަށެވެ.

ހުނަރުހުރި ލެވަލާއި މުބާރާތުގައި ވާދަކުރަން އަންނަ ދުނިޔޭގެ އެންމެ ވަރުގަދަ ބޮޑީބޯޑަރުންގެ ލެވަލަށް ބަލާފައި، ވައިލްޑްކާޑް އެންޓްރީއެއް ދިނުމުގެ ބަދަލުގައި، ވިމެންސް ޑިވިޝަނުން ވައިލްޑް ކާޑްގެ ބަދަލުގައި އެމްބީބީއޭ އިން ދޭނީ ފްރީ ޕާސް އެވެ. ޕްރީ ޕާސް ދިނުމަށް ހަމަޖެހިފައިވަނީ މެންސް އޯޕަން ކެޓަގަރީ އާއި ޖޫނިއާ މެންސް ކެޓަގަރީން ހަތަރު ޖާގަ، ވިމެންސް އޯޕަން ޑިވިޝަން އަދި ޑްރޮޕްނީ ޑިވިޝަން، ކޮންމެ ޑިވިޝަނަކުން ދެ ޖާގަ އެވެ.

ގައުމީ ބޮޑީބޯޑިން ލީގުގެ ރޭންކިން އާއި ގައުމީ ސްކޮޑުތަކުގެ އިތުރުން މޯލްޑިވްސް ޕްރޯގެ އެންޓްރީތައް މި ހަފްތާ ތެރޭގައި ބޮޑީބޯޑިން އެސޯސިއޭޝަނުން އިއުލާނުކުރާނެ އެވެ.