Advertisement

ބަރަހަނާ ފޮޓޯއެއްގެ މައްސަލަ ފުލުހުން ބަލަނީ

25 ޖޫން 2022 - 13:08 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޜައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް: ފުލުހުން ބުނީ ބަރަހަނާ ފޮޓޯއާ ގުޅިގެން "ބަލަންޖެހޭ ކަންކަން" ބަލަމުންދާ ކަމަށް -- ފޮޓޯ: މަޖިލިސް


ބަރަހަނާ ފޮޓޯއެއްގެ މައްސަލަ ފުލުހުން ބަލަނީ

25 ޖޫން 2022 - 13:08 0

ޜައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.

ހުސެއިންގެ ބަރަހަނާ ފޮޓޯއެއްގެ މައްސަލަ ބަލަމުންދޭތޯ ފުލުހުންގެ މީޑިއާގެ ވަޓްސްއަޕް ގްރޫޕެއްގައި ނޫސްވެރިއަކު ސުވާލު ކުރުމުން އެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްގެން "ބަލަންޖެހޭ ކަންކަން" ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ބަލަނީ ސީދާ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.

"މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭ، މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މި ނޫހުން ހުސެއިންނަށް ގުޅުމުން ފޯނަށް ޖަވާބުނުދެއްވާތީ ކޮމެންޓެއް ނުލިބުނެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ވެސް ނުދެ އެވެ.

އެ ފޮޓޯގެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު، ދެ ފިރިހެނަކު ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯއެއްގެ މައްސަލައިގައި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައިގައި ފުލުހުން އިއްޔެ ބުނެފައި ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ހިމެނޭ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް ބްލެކްމެއިލް ކުރާ މައްސަލައެއް ވެސް ހުށަހަޅާފައިވާތީ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ބްލެކްމެއިލް މައްސަލައިގައި އިތުރު ތަފްސީލެއް ފުލުހުން ނުދިން ނަމަވެސް ބެލެވެނީ އެއީ ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރަން އުޅުނު މައްސަލަތަކެއް ކަމަށެވެ.