Advertisement

50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ވެލިގާ ބޮޑު ސޭލް ފަށައިފި

22 ޖޫން 2022 - 11:11 0

އަމަން ހަލީމް

އަމަން ހަލީމް

ވެލިގާ ހާޑްވެއާގެ ފިހާރައެއް: މިފަހަރު ޕްރޮމޯޝަނުގައި ޑިސްކައުންޓް ދެނީ ގޭތެރޭގައި ބޭނުންކުރާ ސާމާނުން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ވެލިގާ ބޮޑު ސޭލް ފަށައިފި

22 ޖޫން 2022 - 11:11 0

ފެންވަރު ރަނގަޅު ޓޫލްސް އާއި ހާޑްވެއާ އަދި ގޭތެރެ ޒީނަތްތެރި ކުރާ ސާމާނު ވިއްކާ ވެލިގާ ހާޑްވެއާއިން "ވެލިގާ ބޮޑު ސޭލް" އިއްޔެ ފަށައިފި އެވެ.

ބޮޑު އީދާ ދިމާކޮށް ވެލިގާއިން ފެށި މި ސޭލްގެ ދަށުން ވެލިގާގެ ފިހާރަތަކުންނާއި ވެލިގާގެ އީ-ކޮމާސް ޕްލެޓްފޯމް، ވެލިގާ.ކޮމް ގައި ކުރިޔަށް ދާނެ އެވެ.

އަންނަ ޖުލައި މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަނުގެ ތެރެއިން ގިނަ ސާމާނުތަކަކުން 50 ޕަސެންޓާ ހަމަައަށް ޑިސްކައުންޓު ލިބޭނެ އެވެ.

މި ސޭލްގައި ވެލިގާއިން ޑިސްކައުންޓް އަޅުވާފައިވާ އައިޓަމްތަކަކީ އާންމުކޮށް ގޭގެއަށް ބޭނުންވާ ސާމާނެވެ. އޭގެ ތެރޭގައި ގޮދަޑި، ޑުވޭ، ޑަސްބިން، ވޭސް، ގްރިލް އަދި ތަފާތު އެކި ވައްތަރުތަކުގެ ބޮއްކާއި ފާހަނައިގައި ހަރުކުރާ އެކްސެސަރީޒް އާއި ގޭތެރެ ސާފުކުރަން ބޭނުންކުރާ ތަކެތި ހިމެނެ އެވެ.

ވެލިގާއިން މިގޮތަށް ބާއްވާ ސޭލްތަކަށް އަބަދުވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބެ އެވެ. އެގޮތުން މިފަހަރު ވެސް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ވެލިގާއިން އުއްމީދުކުރެ އެވެ.