Advertisement

ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް އިތުރު ކޮންޓްރޯލްތަކެއް

21 ޖޫން 2022 - 10:42 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް އިތުރު ކޮންޓްރޯލްތަކެއް

21 ޖޫން 2022 - 10:42 0

ވަޓްސްއެޕްގައި ތިމާގެ މައުލޫމާތު ފެންނާނެ މީހުން ކަނޑައެޅުމަށް ކޮންޓްރޯލް ދީ، ޕްރައިވެސީ ސެޓިންއަށް ބަދަލުތަކެއް ގެނެސްފި އެވެ. މިހާރު ޕްރޮފައިލް ޕިކްޗާ، އެބައުޓް، ސްޓޭޓަސް އަދި "ލާސްޓް ސީން ސްޓޭޓަސް" ފެންނާނެ ފަރާތްތައް ކަނޑައެޅޭނެ އެވެ.

މި ގެނެވުނު ބަދަލުތައް ހިޔާރުކުރުމުގައި، ކޮންޓެކްޓް ލިސްޓްގައި ހިމެނޭ މީހުންނަށް އެކަނި، ނުވަތަ ވަކި މީހަކަށް ނުވަތަ ބަޔަކަށް ފެންނަ ގޮތަށް ހެދޭއިރު، އެއްވެސް މީހަކަށް ނުފެންނަ ގޮތަށް ވެސް ބަދަލު ކުރެވޭނެ އެވެ. ބޭނުން ވާނަމަ އެންމެންނަށް ފެންނަ ގޮތަށް ވެސް ބެހެއްޓޭނެ އެވެ.

ވަޓްސްއެޕް ބޭނުންކުރާ އެންމެންނަށް ޕްރައިވެސީ ސެޓިންއަށް ގޮސް މި ބަދަލުތައް ގެނެވޭނެ އެވެ.

މީގެ އިތުރުން، ގްރޫޕް ކޯލް ފީޗާ އަށް އަޕްޑޭޓެއް ގެނެސް، މިއުޓް އޮޕްޝަން ހިމަނައި، ވަކި ކޮންޓެކްޓަކަށް މެސެޖެއް ފޮނުވުމާއި، އޮފް ސްކްރީނުން މީހަކު ޖޮއިން ކުރާއިރު ބެނާއެއް ފެންނާނެ ގޮތް ވެސް ވަނީ ހަދައިފަ އެވެ.