Advertisement

އަލްވޭސް ދެ ވަަނަ ފަަހަރަށް ދޫކޮށްލަން ބާސެލޯނާ އިން ނިންމައިފި

16 ޖޫން 2022 - 07:51 0


އަލްވޭސް ދެ ވަަނަ ފަަހަރަށް ދޫކޮށްލަން ބާސެލޯނާ އިން ނިންމައިފި

16 ޖޫން 2022 - 07:51 0

ބާސެލޯނާ (ޖޫން 16) - ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފުލްބެކް، ޑެނީ އަލްވޭސް ދެ ވަނަ ފަހަރަށް އެ ކްލަބް ދޫކޮށްލަން ނިންމައިފި އެވެ.

އަލްވޭސް، 39، އެންމެ ފުރަތަމަ ސެވިއްޔާ ދޫކޮށް 2008 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވުމަށް ފަހު 2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށް އެ ޓީމަށް ކުޅުނެވެ. އެ ފަހަރު ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ ދޫކޮށް ޔުވެންޓަސް އަށް ބަދަލުވި އަލްވޭސް އޭގެ ފަހުން ޕީއެސްޖީ އަދި ސައޮ ޕައޮލޯ އަށް ވެސް ކުޅުމަށް ފަހު ދެ ވަނަ ފަހަރަށް ބާސެލޯނާއާ ގުޅުނީ މިދިޔަ ނޮވެމްބަރު މަހު އެވެ.

މި ސީޒަނުގެ ނިޔަލަށް ބާސެލޯނާއާ އެކު ކޮންޓްރެކްޓްގައި ހުރި އަލްވޭސް، ވިސްނައިގެން ހުރީ އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް އިތުރު ކޮންޓްރެކްޓެއް ހެދުމަށެވެ. އެކަމަކު، ބާސެލޯނާއާ މަޝްވަރާ ކުރުމަށް ފަހު އަލްވޭސް ނިންމީ ކޮންޓްރެކްޓް އާ ނުކޮށް ޓީމު ބަދަލުކުރާށެވެ.

ބާސެލޯނާގެ މެެޗެއްގެ ތެރެއިން އަލްވޭސް: ދެ ވަނަ ފަހަރަށް ވެސް އަލްވޭސް ބާސެލޯނާ ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގައި


"މި ކްލަބުން އަހަންނަށް އަލުން މި ދިން ފުރުސަތަށް އަބަދުވެސް ޝުކުރުވެރިވާނަން. އަހަރެން ވަރަށް އުފާވި އަލުން މި ކްލަބްގެ ޖޯޒީލައިގެން ކުޅެލަން ފުރުސަތު ލިބުމުން،" އަލްވޭސް ބުންޏެވެ.

ދެ ފަހަރެއްގެ މަތިން އަލްވޭސް ވަނީ ޖުމްލަ އެކު ބާސެލޯނާ އަށް 408 މެޗު ކުޅެދީފަ އެވެ. މީގެ ތެރެއިން 391 މެޗަކީ ކުރިން ބާސެލޯނާ ޖޯޒީގައި ކުޅުނު މެޗުތަކެވެ.

ބާސެލޯނާއާ އެކު އަލްވޭސް ހޯދި ބޮޑު ކާމިޔާބީތަކަށް ބަލާއިރު، ސްޕެނިޝް ލީގު ހަަ ފަހަރާއި ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި ކްލަބް ވޯލްޑް ކަޕް ތިން ފަހަރު ހިމެނެ އެވެ.

އަލްވޭސް ބާސެލޯނާގައި މަޑުކުރަން ބޭނުންވި އެއް ސަބަބަކީ ގަތަރު ވޯލްޑް ކަޕުގައި ވާދަކުރާ ބްރެޒިލް ސްކޮޑުން ޖާގަ ހޯދުމަށެވެ. ބްރެޒިލުން މި މަހު ޖަޕާނާއި ދެކުނު ކޮރެއާއާ އެކު ކުުޅުނު މެޗުތަކުގައި އަލްވޭސް ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.