Advertisement

ޔާމީންގެ ހުށަހެޅުންތައް ބޭރުކޮށްލި މައްސަލަ ހައިކޯޓުން ބަލައެއްނުގަތް

13 ޖޫން 2022 - 16:40 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން؛ ޔާމީން ހުށަހެޅުއްވި މައްސަލައެއް ހައިކޯޓުން ބަލައެއް ނުގަތް - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު


ޔާމީންގެ ހުށަހެޅުންތައް ބޭރުކޮށްލި މައްސަލަ ހައިކޯޓުން ބަލައެއްނުގަތް

13 ޖޫން 2022 - 16:40 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ހިންގާ ޝަރީއަތުގައި، ޔާމީންގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބޭރުކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައިކޯޓަށް ބަލައިނުގަންނަން ނިންމައިފި އެވެ.

ހައިކޯޓުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ އެ ކޯޓުގެ ރަޖިސްޓްރީގައިވާ ގޮތުން، ޔާމީން އިސްތިއުނާފް ކުރި މައްސަލަ ބަލައިނުގަންނަން ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމައިފަ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސާލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އުފުލާފައިވެ އެވެ. އަދި ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވަނީ ކޮށްފަ އެވެ.

މި މައްސަލައިގެ ޝަރީއަތުގައި ޔާމީން ހުށަހެޅި ހުށަހެޅުންތަކުގެ އިތުރަށް ޔޫސުފް ނައީމްގެ ހުށަހެޅުންތައް ބޭރުކޮށްލަން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ނިންމެވީ، ގާޒީ ދިން މުއްދަތުގެ ފަހުން އެ ހުށަހެޅުންތައް ހުށަހެޅުމުންނެވެ.

ގާޒީ ފުރުސަތު ދިނީ މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރާ ގާނޫނުގައި ހިމެނޭ މުއްދަތަށެވެ. އެ ގާނޫނުގައި މުއްދަތު ގުނާއިރު ރަސްމީ ބަންދު ދުވަސްތައް ހިމަނަ އެވެ. އެކަމަކު ކޯޓުގައި އާންމުކޮށް އަމަލުކުރާ އުސޫލަކީ ރަސްމީ ބަންދުތައް ނުހިމަނާ މުއްދަތު ގުނުން ކަމަށްވާތީ އެ އޮޅުން އެރީ އެވެ.

ޔާމީންގެ ފަރާތުން ދެކެނީ ވެސް ހުށަހެޅުންތައް ހުށަހެޅީ މުއްދަތުގެ ތެރޭގައި ކަމުގަ އެވެ. އެހެންވެ އެކަން އިސްތިއުނާފް ކޮށްފައިވާ ކަމާއި ހައިކޯޓުގެ މައްސަލަ ވަކި ގޮތަކަށް ނިންމެން މަޑުޖައްސާލަން ޔާމީންގެ ދިފާއީ ވަކީލުން އެދުނެވެ. އެހެންވިޔަސް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ނިންމެވީ ޝަރީއަތް ފަށައިގެން އަތުން ނިންމީ ޝަރީއަތް ފަށައިގެން ކުރިއަށް ގެންދިއުމަށެވެ.