Advertisement

ޔާމީންގެ ޕީއެންއެފް ރަސްމީކޮށް ރަޖިސްޓްރީކޮށްދީފި

25 އޭޕްރީލް 2024 - 17:27 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ޕީއެންއެފް އުފެއްދުން -- ފޮޓޯ: ޝަހުޒާން / އަދަދު


ޔާމީންގެ ޕީއެންއެފް ރަސްމީކޮށް ރަޖިސްޓްރީކޮށްދީފި

25 އޭޕްރީލް 2024 - 17:27 0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަހަތުގައި ހުންނަވައި އުފެއްދި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) ރަސްމީކޮށް މިއަދު ރަޖިސްޓްރީ ކޮށްދީފި އެވެ.

ޕީއެންއެފްގެ ވަގުތީ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް އެޕާޓީގެގެ ރަޖިސްޓްރީގެ ފޮޓޯއަކާ އެކު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަތި އުނދަގުލާއެކު ރަޖިސްޓްރީވި ޕާޓީ ދާނީ ކުރިއަށް ކަމަށެވެ.

ޕީއެންއެފްގެ މަސްއޫލުވެރިއަކީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އެވެ. އެ ޕާޓީގެ ވަގުތީ ރައީސްއަކީ ވެސް އޭނާ އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ 300 އަށްވުރެ ގިނަ މެމްބަރުންނާއެކު އެޕްރިލް، 9 ގައި ޣިޔާސުއްދީން ސްކޫލުގައި ބާއްވަން މަސައްކަތް ކުރިއިރު، ޖަލްސާ ބޭއްވުމަށް ތަކުރާރުކޮށް ފުލުހުން ހުރަސް އެޅި އެވެ.

ނަމަވެސް ޖަލްސާ ފަހުން ނިއުޕޯޓް ހިމެނޭ ސަރަހައްދަށް ބަދަލުކޮށް، އެ ރޭ ދަންވަރު 329 މެންބަރުންނާއެކު ބާއްވައި ޕީއެންއެފްގެ ނަމާއި, ކުލަތަކާއި, ލޯގޯ, އަސާސީ ގަވައިދު އަދި މެނިފެސްޓޯ ވަނީ ފާސްކޮށް ޕާޓީ އުފައްދާފަ އެވެ.

އެ ޕާޓީގެ ފުރިހަމަ ނަން 'ޕީޕަލްސް ނެޝަނަލް ފްރަންޓް'ގެ އިތުރުން ރަމްޒީ ނަމެއްގެ ގޮތުގައި އާއްމުކޮށް ކިޔާ ނަމެއްގެ ގޮތުގައި ފާސްކުރީ 'ޕީއެންއެފް' އެވެ. ޕީއެންއެފްގެ ކުލަތަކުގެ ގޮތުގައި އެޕާޓީން ދެ ކުލައެއް ފާސްކުރި އެވެ. އެއީ މަޑު ފެހި ކުލައާއި ނޫ ކުލަ އެވެ. އެ ދެކުލަ ހިމެނޭ ލޯގޯގައި އޮތީ ތަރިއަކާއި ހުޅެވިހަނދެކެވެ.

އޭގެއިތުރުން ޕީއެންއެފްގެ މައިގަނދު މެނިފެސްޓޯ އަދި އަސާސީ ގަވައިދުވެސް ފާސްކުރީ ޖަލްސާގެ ހުރިހާ ބައިވެރިންގެ އިއްތިފާގުންނެވެ.

ޕީއެންއެފްގެ އެޑްރެސްގެ ގޮތުގައި ފާސްކުރީ ހ. ހުރަފާ އެވެ. އެއީ ކުރިން ޕީޕީއެމްގެ އޮފީސް ހިންގި އިމާރާތެވެ.