Advertisement

ތަޖިކިސްތާން މިޑްފީލްޑަރަކާއި ރެއާލް ޓީމުގައި ހިމެނުނު ބްރެޒިލް ކުޅުންތެރިއެއް އީގަލްސް އަށް

12 ޖޫން 2022 - 10:47 0

އީގަލްސް އިން ގެނައި ރެއާލް ޔޫތު ޓީމަށް ކުޅުނު މިޑްފީލްޑަރު ބްރޫނޯ.


ތަޖިކިސްތާން މިޑްފީލްޑަރަކާއި ރެއާލް ޓީމުގައި ހިމެނުނު ބްރެޒިލް ކުޅުންތެރިއެއް އީގަލްސް އަށް

12 ޖޫން 2022 - 10:47 0

ތަޖިކިސްތާން މިޑްފީލްޑަރު ޒަރްޑިއޭވް ޖަމޯލިއްދީން އާއި ރެއާލް މެޑްރިޑްގެ ސީ ޓީމަށް (ޔޫތު ޓީމަށް) ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު، ބްރޫނޯ ވިނީޝިއުސް ރާއްޖޭގެ ކްލަބް އީގަލްސްއާ ގުޅިއްޖެ އެވެ.

ދާދި ފަހުން މުހައްމަދު އާތިފް (އާތީ) އީގަލްސްގެ ކޯޗަކަށް ހަމަޖެއްސިއިރު، އެ ޓީމުން ވަނީ މިދިޔަ މަހުގެ ޓްރާންސްފާ މާކެޓްގައި މިސްރުގެ ގައުމީ ޓީމަށް ކުރިން ކުޅުނު ޑިފެންޑަރު، އަހުމަދު ސޯބީ އާއި ރާއްޖޭގެ ގިނަ ކްލަބްތަކަށް ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު އެންހެލް މުނޯޒް އެ ޓީމަށް ގެނެސްފަ އެވެ.

މީގެ އިތުރުން، ޒަރްޑިއޭވް އާއި ބްރޫނޯ ގުޅުމާ އެކު އީގަލްސްގެ ހަތަރު ބިދޭސީ ކުޅުންތެރިންގެ ސްލޮޓް ހަމަވީ އެވެ. އީގަލްސް އިން ވަނީ އެ ޓީމަށް ކުޅެމުން އައި އިޓަލީގެ މިޑްފީލްޑަރު، ޖިއަކޯމޯ ފަވޭރޯ (ޖެކް) ދޫކޮށްލައިފަ އެވެ.

ބްރެޒިލްގެ މަޝްހޫރު ކޮރިންތިއަންސްގެ ޖޫނިއާ ޓީމުން ފާހަގަވި ބްރޫނޯ، ރެއާލްގެ ޔޫތު ޓީމާ ގުޅުނީ 2010 ވަނަ އަހަރު އެވެ. އެ ޓީމަށް 2015 ވަނަ އަހަރާ ހަމައަށް ކުޅުއިރު، 49 މެޗުން ވަނީ ހަތް ގޯލު ޖަހައިފަ އެވެ.

އޭގެ ފަހުން ބްރޫނޯ ކުޅެފައިވަނީ ސްޕެއިނުގެ އެކި ޑިވިޝަނުގެ ކްލަބްތަކުގެ އިތުރުން މޯލްޓާގެ މޮސްޓާ އެފްސީ އަށެވެ.

ބްރޫނޯ އާއި ރޮނާލްޑޯ 2011 ވަަަނަ އަހަރު ނަގާފައިވާ ފޮޓޯއެއް.


އެންމެ ފަހުން، ބްރޫނޯ، 31، ކުޅެފައިވަނީ ސްޕެއިނުގެ ހަަތަރު ވަނަ ޑިވިޝަންގެ ސީޑީ ޔުޓިއޭލް އަށެވެ.

އީގަލްސް އިން ދެން ގެނައި، ތަޖިކިސްތާންގެ ޒަރްޑިއޭވް، 30، ވަނީ ތަޖިކިސްތާންގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅެފަ އެވެ. ތަޖިކިސްތާންގެ ގިނަ ކްލަބްތަކަށް ކުޅުމުގެ އިތުރުން އެ ގައުމުން ބޭރުގައި ޒަރްޑިއޭވް ކުޅެފައިވަނީ އިންޑޮނީޝިއާގެ ކްލަބް ބަޑާކް ލަމްޕުން އަށެވެ.

އޮތީ ލީގުުގެ ދެ ވަނައިގަ އެެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް 12 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް ދެ ވަނައިގައި އޮތީ 12 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާތީ މި ވަގުތު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައިވާއިރު، އަލުން ފަށާނީ މި މަހު 21 ވަނަ ދުވަހު އެވެ. ލީގު ފަށައިގެން މި މަހު 21 ވަނަ ދުވަހު އީގަލްސް ކުޅޭނީ ވެލެންސިއާއާ ދެކޮޅަށެެވ.