Advertisement

ދައުރު ހަމަކުރާނަން، އެކަމަކު ދެން ވާދަ ނުކުރާނަން: ގޮތަބަޔަ

7 ޖޫން 2022 - 06:25 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ދައުރު ހަމަކުރާނަން، އެކަމަކު ދެން ވާދަ ނުކުރާނަން: ގޮތަބަޔަ

7 ޖޫން 2022 - 06:25 0

ކޮލޮމްބޯ، ސްރީލަންކާ (ޖޫން 6) - ރިޔާސީ ދައުރުގައި ބާކީ އޮތް ދެ އަހަރު ފުރިހަމަކުރައްވާނެ ކަމަށާއި އަދި ކުރިއަށް އޮތް އިންތިހާބުތަކުގައި ވާދަނުކުރައްވާނެ ކަމަށް އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

ގޮތަބަޔާގެ ސަރުކާރާ ދެކޮޅަށް ލަންކާގައި ބޮޑެތި މުޒާހަރާތައް ހިނގަމުންދާތާ ގިނަ ދުވަސްތަކެއް ވަނީ ފާއިތުވެފަ އެވެ. ލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެގައުމު އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރެއަށް ވައްޓާލީ ރައީސް ގޮތަބަޔާގެ ސަރުކާރުންނެވެ.

"މެންޑޭޓު ދީފައި އޮތީ ފަސް އަހަރަށް. ދެން ވާދައެއް ނުކުރާނަން،" އެމަނިކުފާނުގެ ގެކޮޅުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގޮތަބަޔާ ވިދާޅުވި އެވެ.

ސްރީލަންކާ ސޮވެރިން ޑިފޯލްޓަކަށް ގޮސްފައިވާއިރު އިންފްލޭޝަން ރޭޓު ހުރީ 40 ޕަސެންޓަށް ވުރެ މަތީގަ އެވެ. އަދި، ބޭހާއި ތެލަށް ވަނީ ޖެހިފަ އެވެ.

މިދިޔަ މާޗް މަހުގެ މެދެއްހާ ހިސާބުން ފެށިގެން ގޮތަބަޔާގެ ގެކޮޅުގެ ބޭރުގައި ދަނީ ކޭމްޕު ޖަހައިގެން މުޒާހަރާ ކުރަމުންނެވެ.

މުޒާހަރާތައް ހޫނުވެ ކޮންޓްރޯލުން ނެއްޓުމާއި ގުޅިގެން ގޮތަބަޔާގެ ބޭބެ އަދި އޭރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ އިސްތިއުފާ ދެއްވި އެވެ. އެއަށް ފަހު އެ މަގަމަށް ގެނައީ ރަނިލް ވިކްރަމްސިންހަ އެވެ.

ސްރީ ލަންކާއަށް ދަރަނި ދެއްކޭނެ ގޮތެއް ނެތް އިރު އެ ގައުމުގެ ރަސްމީ ފައިސާގެ އަގު ވަނީ 82 ޕަސެންޓު ވެއްޓިފަ އެވެ. އެ ގައުމުގެ ސަރުކާރުން ދަނީ އެހީގެ ގޮތުގައި 4 ބިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.