Advertisement

ކަނޑޫދޫގެ ހުރިހާ ގެއަކަށް އުރީދޫން "ކަނޑޫދޫ މިރުސް" ސޯސް ޕެކް ހަދިޔާކޮށްފި

5 ޖޫން 2022 - 06:52 0

ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން، އެ ރަށުގެ މީހަކަށް އުރީދޫއިން ބްރޭންޑްކޮށް، އެންޒީއިން ތައްޔާރުކުރި ކަނޑޫދޫ މިރުސް ސޯސްގެ ޕެކެއް ހަވާލުކުރަނީ. -- ފޮޓޯ: އުރީދޫ


ކަނޑޫދޫގެ ހުރިހާ ގެއަކަށް އުރީދޫން "ކަނޑޫދޫ މިރުސް" ސޯސް ޕެކް ހަދިޔާކޮށްފި

5 ޖޫން 2022 - 06:52 0

މިދިޔަ ރޯދަމަހާ ދިމާކޮށް އުރީދޫ މޯލްޑިވްސް އިން ތ. ކަނޑޫދޫ ކައުންސިލާ ގުޅިގެން އުފެއްދި "ކަނޑޫދޫ މިރުސް" ބްރޭންޑެއްގެ ގޮތުގައި ގެނެސްދިނުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެ ރަށުގެ ހުރިހާ ގެއަކަށް އެ ބްރޭންޑުގެ ސޯސް ޕެކް އުރީދުން ހަދިޔާކޮށްފި އެވެ.

މިއީ އެ މަސައްކަތް ކުރުމުގައި އެ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމާއި އެއްބާރުލުން ބަލައިގަނެއް އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ދިން ހަދިޔާއެއް ކަމަށް އުރީދޫން ބުންޏެވެ.

ކަނޑޫދޫ މިރުސް ބްރޭންޑް ގައިޑްލައިންސް އާއި ހާއްސަ ލޯގޯ އާއި ވެބްސައިޓެއް ހިމެނޭ ގޮތަށް އުރީދޫއިން ބްރޭންޑެއް ގާއިމްކޮށް ދިނީ ކަނޑޫދޫގެ ރައްޔިތުން އާ ފުރުސަތުތަކާއި، އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމާ ގުޅުވާލަދިނުމުގެ މަގްސަދުގައި ކަމަށް އުރީދޫން މީގެކުރިން ހާމަކޮށްފައިވެ އެވެ.

ކަނޑޫދޫ މިރުސް ބްރޭންޑް އުފެއްދުމުގެ އިތުރުން، ރޯދަ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ވަނީ އެންޒީއާ އެކު ކަނޑޫދޫ މިރުސް ބޭނުންކޮށްގެން ހާއްސަ ހޮޓް ސޯސްއެއް ވެސް ތައާރަަފްކޮށްފަައެވެ.

މި ހޮޓް ސޯސްގެ ބާވަތްތަަައް ތަައްޔާރުކުރެވިފަައިވަނީީ ކުޅިރަަހަަަ މަަޑުކޮށް ކާ މީހުންނަަށްވެސް އަދި އެންމެ ކުޅިކޮށް ކާ މީހުންނަށްވެސް ކަމުދާނެ ހެންނެވެ.

ކަނޑޫދޫ މިރުސް ހޮޓް ސޯސް ބަައްލަަވަައިގަންނަން ބޭނުންވާ ފަރާާާތްތަަކަަަށް ކަަަނޑޫދޫ މިރުސް ވެބްސަަައިޓް އަަދި އީ ކޮމާސް ޕްްލެޓްފޯމް މޫލީ މެދުވެރިކޮށް ބަަަަައްލަވަައިގަަނެވޭނެ އެވެ.