Advertisement

ރާއްޖޭގެ ތިން ސުކޫލަކަށް އިންޑިއާއިން 4.6 މިލިއަން ރުފިޔާގެ ހިލޭ އެހީ

3 ޖޫން 2022 - 15:49 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެހީ ހަވާލުކުރުމަށް ދިއްދޫގައި ބޭއްވި ރަސްމިއްޔާތު- ފޮޓޯ: ހައި ކޮމިޝަން


ރާއްޖޭގެ ތިން ސުކޫލަކަށް އިންޑިއާއިން 4.6 މިލިއަން ރުފިޔާގެ ހިލޭ އެހީ

3 ޖޫން 2022 - 15:49 0

ރާއްޖޭގެ ތިން ސުކޫލެއްގައި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް (އައިއީއެސް) ޔުނިޓުތަކެއް ގާއިމް ކުރުން، އިންޑިއާއިން 4.6 މިލިއަން ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދީފަ އެވެ.

މި އެހީގެ ދަށުން އައިއީއެސް ޔުނިޓުތައް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒާއި ގއ. ތިނަދޫގައި ހުންނަ އަބޫބަކުރު ސުކޫލުގެ އިތުރުން ލ. ގަމުގެ އިހައްދޫ ސުކޫލަށެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫއުގެ ތެރެއިން އިންސާނީ ވަސީލަތްތަކާއި ޔުނިޓުތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި ބޭނުންވާ ތަކެއްޗާއި އުނގަންނައިދިނުމާއި ކިޔަވައި ދިނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި އެހީ ސުކޫލުތަކަށް ހަވާލު ކުރުމަށް މިއަދު ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގައި ހުރިހާ ދަރިވަރުންގެ ހަމަހަމަކަން ގާއިމުކޮށްދޭ މި މަޝްރޫއަށް އެއްބާރުލުން ދިނުމަކީ އިންޑިއާއަށް ލިބޭ ފަހުރެކެވެ.