3 ޖޫން 2022 - 07:07 0
އައިޝަތު ނުޒުހާ
3 ޖޫން 2022 - 07:07 0
ށ. ފޭދޫގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި އަނބިމީހާގެ ބަނޑަށް ވަޅި ހެރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަނބިމީހާއަށް ތޫނު އެއްޗަކުން ހަމަލާ ދިން ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 21:20 ހާއިރު ކަމަށެވެ. މި މައްސަލައިގައި އުމުރުން 37 އަހަރުގެ ފިރިހެން މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހާދިސާގައި އަނިޔާ ލިބިފައިވަނީ އުމުރުން 31 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް މިހާރު އަންނަނީ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ.
މި ދެމަފިރިންގެ ކައިވެންޏަށް މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މީގެ ކުރިން ވެސް އަނބިމީހާއަށް ވަޅިން ހަމަލާ ދިނުމަށް އެ ފިރިހެން މީހާ މަސައްކަތް ކުރި ކަމަށް އެ ރަށުގެ މީހަކު މި ނޫހަށް ކިޔައިދިނެވެ. އެހެންނަމަވެސް އެ ފަހަރު އޭނާގެ މައްޗަށް ދައުވާ ކޮށްފައި ނުވެ އެވެ.
0.00%
50.00%
0.00%
50.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment