Advertisement

"ބުއްދި ހުރި މީހަކު ޕުޓިން އާލާސްކަންފުޅާ އުޅުއްވާކަން ގަބޫލެއް ނުކުރާނެ"

31 މޭ 2022 - 07:35 0


"ބުއްދި ހުރި މީހަކު ޕުޓިން އާލާސްކަންފުޅާ އުޅުއްވާކަން ގަބޫލެއް ނުކުރާނެ"

31 މޭ 2022 - 07:35 0

ރަޝިއާގެ ރައީސް ލެޑިމިއާ ޕުޓިން އާލާސަކަންފުޅާ އުޅުއްވާ ކަމަށް ބުނެ ދައުރުވަމުންދާ ވާހަކަތައް އެގައުމުގެ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް ދޮގުކުރައްވައިފި އެވެ.

މިއަހަރު 70 އަހަރު ފުރޭ ޕޫޓިން ކެންސަރު ބަލި ޖެހުމުގެ ސަބަބުން އާލާސްކަންފުޅާ އުޅުއްވާ ކަމަށް ބުނެ ޔަގީން ނުކުރެވޭ މީޑިއާ ރިޕޯޓުތަކެއް ދަނީ ދައުރުވަމުންނެވެ.

އެހެން ނަމަވެސް، ފްރާންސްގެ ޓީވީ އަކަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނުގެ ފޮރިން މިނިސްޓަރު ލެވްރޯވް ވަނީ އެމަނިކުފާނު އެއްވެސް އާލާސްކަންފުޅެއްގައި އުޅުއްވާކަން ބުއްދި ހުރި އެއްވެސް މީހަކު ގަބޫލު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން، ޕުޓިންގެ ސްޕީޗުތައް ބަލައި އަޑު އަހައި ހެދޭނެ ކަމަށް ލެވްރޯވް ވިދާޅުވި އެވެ. އެއްވެސް މީހެއްގެ ސިފައަށް ބެލުމަށް ފަހު އެމީހެއްގެ ބަލި ހާލަތު ވަޒަންކުރުން އެފަދަ ވާހަކަތައް ދައްކާ މީހުންނަށް ދޫކޮށްލައްވާ ކަމަށް ވެސް ލެވްރޯވް ވިދާޅުވި އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އިނގިރޭސި އިންޓެލިޖެންސާ ހަވާލާދީ ޕުޓިންގެ ބަލިހާލަތު ގޯސް ކަމަށް ރިޕޯޓުކުރި އެވެ.

ޕުޓިން އަކީ ދުޅެހެޔޮ ދިރިއުޅުމަކަށް ލޯބިކުރައްވާ ލީޑަރެކެވެ. ނަމަވެސް، އެމަނިކުފާނުގެ ބަލި ހާލަތާ ގުޅޭގޮތުން ދޭތެރެދޭތެރެއިން އަޑުތައް ފެތުރެ އެވެ.