Advertisement

މަހާނަތައް މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން މިނިސްޓްރީން އަންގައިފި

26 މޭ 2022 - 18:31 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ


މަހާނަތައް މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން މިނިސްޓްރީން އަންގައިފި

26 މޭ 2022 - 18:31 1

މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.

އާ ސަރަހާގައި ހުންނަ މަހާނަތަކުގެ މަތީގައި ގާފޮޅު ރޭނުމާއި، މަހާނަ ގާ ޒީނަތްތެރިކުރުމުގެ އިތުރުން މަހާނަތަކަށް ވެލި ލުން ފަދަ ކަންކަން ކުރުން އާންމު ވެފައިވާތީ ބައެއް ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދީނީ އިލްމުވެރިން ބުނާ ގޮތުގައި އެއީ ބިދުއައެކެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ މިފަދަ ކަންބޮޑުވުންތަކެއް ލިބެމުންދާތީ، އެކަން ހުއްޓުވަން މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

"މަހާނަތައް ޒީނަތްތެރި ކުރުމުގެ ނިޔަތުގައި އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފަށް އާ ސަހަރާގެ ގަބުރުސްތާނުގައި މަހާނަތައް މަތީ ރާނާ ހަދަމުންދާތީ މިކަން ހުއްޓުވައި ދެއްވުން އެދި ދަންނަވަމެވެ." އެ މިނިސްޓްރީން ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ ގަބުރުސްތާނަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ހުރުމަތްތެރި ކުރައްވާފައިވާ ތަނެއް ކަމަށާއި އަދި މަހާނަތަކަށް އިހުމާލުވެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ.

އާ ސަރަހާގެ ކަންކަން ބަލަހައްޓަމުން އަންނަނީ މާލޭ ސިޓީ ކައުންސިލުންނެވެ.