Advertisement

މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފަށައިފި

24 މޭ 2022 - 06:57 0

ވެލިދޫ މަގު ހެދުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އެރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އާރުޑީސީ


މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފަށައިފި

24 މޭ 2022 - 06:57 0

ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ވެލިދޫގެ 10 މަގެއް ތާރު އަޅައިގެން ހެދުމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު އާއި ރަށުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ވެލިދޫގެ މައި މަގުތަކުގައި 4.8 ކިލޯމީޓަރުގެ ތާރު އެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 88.5 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ ދަށުން މަގުގައި ތާރު އަޅައި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގު ބައްތި ހަރު ކުރާނެ އެވެ.

ތާރު އަޅާ މަގުތައް

1. މެރިން ޑްރައިވް - 324.7 މީޓަރު

2. ސޯސަން މަގު - 705.6 މީޓަރު

3. ރާވެރިން މަގު - 442.52 މީޓަރު

4. ބޮޑު މަގު - 581.33 މީޓަރު

5. ޗާންދަނީ މަގު - 700.5 މީޓަރު

6. ރޯޝަނީ މަގު - 585.72 މީޓަރު

7. އޯޝަން މަގު - 397.73 މީޓަރު

8. ހަވީރީ ހިނގުން - 498.88 މީޓަރު

9. އޯކިޑް މަގު - 340.15 މީޓަރު

10. ދޭލިޔާ މަގު - 266.52 މީޓަރު

ނ. އަތޮޅުގައި އާބާދީ އެންމެ ބޮޑު އެއް ރަށް, އަދި އެ އަތޮޅު އިގުތިސޯދުގެ މައި މަރުކަޒު ކަމުގައިވާ ވެލިދޫގެ އާބާދީ 2،600 އަށް އިތުރެވެ.