12 މޭ 2022 - 09:02 0
އިންޑިއާ ޓީމު މެޑަލް ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
12 މޭ 2022 - 09:02 0
ރޭ ނިމުނު ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕު 2022ގައި ވާދަކުރި ހުރިހާ އިވެންޓަކުން އިންޑިއާ އިން ވަނީ ރަން މެޑަލް ހޯދައިފި އެވެ.
ހަ ގައުމުން ވާދަކުރި ސަރަހައްދީ މުބާރާތުގައި ދެ ކެޓަގަރީ އެއްގައި 24 އިވެންޓެއް ކުރިއަށް ގެންދިޔަ އެވެ. އިންޑިއާ އިން 23 ރަން މެޑަލް ހޯދި އެވެ. އެ ޓީމަށް ނުލިބުނީ ޖޫނިއާ ފިރިހެން ޓީމު ހަމަނުވާތީ ބައިވެރިނުވި އިވެންޓް ކަމަށްވާ ޖޫނިއާ ބައިގެ ފިރިހެން ޓީމު އިވެންޓެވެ. މި ބައިގެ ރަން މެޑަލް ގެންދިޔައީ ބަންގްލަދޭޝް އިންނެވެ.
ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުރިއަށްދިޔަ މުބާރާތުގެ ޖޫނިއާ ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިގެ ރަން މެޑަލް ގެންދިޔައީ އިންޑިއާ އިންނެވެ. އަންހެން ބައިގެ ދެ ވަނަ ލަންކާ ހޯދި އިރު، ތިން ވަނަ އަށް ދިޔައީ ރާއްޖެ އާއި ޕާކިސްތާނެވެ. ޖޫނިއާ ފިރިހެން އެއް ވަނަ ބަންގްލަދޭޝް ހޯދިއިރު، ދެ ވަނަ އަށް ދިޔައީ ލަންކާ އެވެ. ތިން ވަނަ އަށް ދިޔައީ ޕާކިސްތާނާއި، ނޭޕާލް އެވެ.
ޖޫނިއާ ޑަބަލްސް އަންހެން ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ސުހާނާ ސައިނީ އާއި ޔަޝަސްވަނީގެ ޕެއާ އެވެ. ދެ ވަނަ ހޯދީ ލަންކާގެ އަލްޔަޗިއްޓީ އާއި ބަންދިނީ ގެ ޕެއާ އެވެ. ތިން ވަނަ އަށް ދިޔައީ ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީގެ ޕެއާ އަދި ޕާކިސްތާނުގެ ހޫރު ހަސަން އާއި ކުލްސޫމްގެ ޕެއާ އެވެ. ޖޫނިއާ ޑަބަލްސް ފިރިހެން ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ޕަޔަސް ޖެއިން އާއި ޔަޝަންސްގެ ޕެއާ އެވެ. ދެ ވަނަ ހޯދީ ލަންކާގެ ޖަނިތަ އަދި ދަނުޝްކަގެ ޕެއާ އެވެ. ތިން ވަނަ އަށް ދިޔައީ ބަންގްލަދޭޝް އާއި ޕާކިސްތާނުގެ ޕެއާ ތަކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) ދީމާ ކަރުގައި މެޑަލް އަޅުވައިދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޖޫނިއާ ސިންގަލްސްގެ އަންހެން އެއް ވަނަ ހޯދީ ސުހާނާ ސައިނީ އެވެ. އެއީ ފައިނަލުގައި އިންޑިއާގެ ޔަޝަސްވަނީ ބަލިކޮށްގެންނެވެ. ތިން ވަނަ އަށް ދިޔައީ ސްރީ ލަންކާގެ ބަންދިނީ އާއި ރާއްޖޭގެ ދީމާ އެވެ. ފިރިހެން ސިންގަލްސް އެއް ވަނަ ހޯދީ އިންޑިއާގެ ޕަޔަސް އެވެ. ދެ ވަނަ އިންޑިއާގެ ޔަޝަންޝް ހޯދިއިރު ތިން ވަނަ ހޯދީ ޕާކިސްތާނުގެ އުމަދު ކަވާޖާ އާއި ލަންކާގެ ދަނުޝްކަ އެވެ.
ކެޑޭޓް ބައިގެ ނަތީޖާތަކަށް ބަލާއިރު ޓީމު އިވެންޓު އަންހެން ޗެމްޕިއަންކަން ހޯދީ އިންޑިއާ އެވެ. ދެ ވަނަ ލަންކާއިން ހޯދިއިރު، ތިން ވަނަ އަށް ދިޔައީ ދިވެހި ރާއްޖެ އާއި ނޭޕާލް އެވެ. ފިރިހެން އެއް ވަނަ އިންޑިއާ ހޯދިއިރު، ދެ ވަނަ ހޯދީ ލަންކާ އެވެ. ތިން ވަނަ ހޯދީ ބަންގްލަދޭޝް އާއި ޕާކިސްތާނެވެ.
ކެޑޭޓް ޑަބަލްސްގެ އަންހެން ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ޖެނިއާ އާއި ސަންދިކާގެ ޕެއާ އެވެ. ދެ ވަނަ ޕާކިސްތާނުގެ ހޫރު ފަވާދު އާއި ފަރްޔާލް ބިސްމާ ހޯދިއިރު، ތިން ވަނަ އަށް ދިޔައީ ރާއްޖޭގެ ދީމާ އާއި މިޝްކާ މުހައްމަދު އިބްރާހިމްގެ ޕެއާ އާއި ލަންކާގެ ކަވިންދްޔަ އާއި ލެސަންޔާގެ ޕެއާ އެވެ.
ކެޑޭޓް ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ބަލަމުރުގަން އާއި ޕްރަދިވަދީގެ ޕެއާ އެވެ. ދެ ވަނަ ލަންކާގެ ޖަނިތު އާއި ވީރަސޭނާ ހޯދިއިރު، ތިން ވަނަ އަށް ދިޔައީ ޕާކިސްތާންގެ އަމްޖަދާއި، އަހުމަދުގެ ޕެއާގެ އިތުރުން ބަންގްލަދޭޝްގެ ހަސީބު އާއި ނާފިޒުގެ ޕެއާ އެވެ.
ކެޑޭޓް ސިންގަލްސް އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ޖެނިފާ އެވެ. އެއީ ފައިނަލުގައި ރާއްޖޭގެ ދީމާ ބަލިކޮށްގެންނެވެ. ތިން ވަނަ އަށް ދިޔައީ އިންޑިއާގެ ސަންދިކާ އަދި ލަންކާގެ ލެސަންޔާ އެވެ. ކެޑޭޓް ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ޕްރަދިވަދީ އެވެ. ދެ ވަނަ އިންޑިއާގެ ބަލަމުރުގަން ހޯދިއިރު، ލަންކާގެ ޖަނިތް އަދި ބަންގްލަދޭޝްގެ ނާފިޒެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment