Advertisement

އުމްރާއަށް ގޮސް ހުރި ދިވެއްސަކު މަރުވެއްޖެ

އުމްރާއަށް ގޮސް ހުއްޓައި މަރުވި ސައީދު. ފޮޓޯ: ޒަމްޒަމް ހައްޖު ގުރޫޕު


އުމްރާއަށް ގޮސް ހުރި ދިވެއްސަކު މަރުވެއްޖެ

އުމްރާ ކުރުމަށްޓަކައި ސައުދީ އަރަބިއްޔާއަށް ދަތުރުކުރި ދިވެއްސަކު މައްކާގައި ހުއްޓާ މަރުވެއްޖެ އެވެ.

ރަމަޟާން މަހުގެ އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދަތުރުކުރި އެ މީހާއަކީ ސައީދު ޔޫސުފް ނަމަކަށްކިޔާ އުމުރުން 71 އަހަރުގެ ދިވެއްސެކެވެ.

އެމީހާ މަރުވިކަން އޭނާގެ އުމްރާ ދަތުރުގެ އެޖެންޓް ކުންފުނި ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވެލް އިން ވަނީ ބުނެފަ އެވެ.

އެ ކުންފުނިން ބުނީ ސައީދު މަރުވީ މައްކާގެ ކިންގް ފައިސަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ނަމަވެސް އޭނާ މަރުވި ސަބަބު އަދި ފަރުވާ ދެމުންދިޔައީ ކޮން ކަމަކާ ގުޅިގެން ކަމެއް އެ ކުންފުނިން ނުބުނެ އެެވެ.