Advertisement

ހުލާސާކޮށް އިއްޔެ: ހައި ސްޕީޑު ފެރީގެ ނިޒާމުން ހދ. ގެ ރަށްތައް ގުޅާލުން

3 މޭ 2022 - 01:36 0

ސާއިފް ޝިޔާދު

ސ

Advertisement

އެމްޓީސީސީން ހދ. ގައި ބޭނުންކުރާ ލޯންޗު ފެރީއެއް ނައްޓާލަނީ. މިއީ ގަލްފް ކްރާފްޓުން ބަނދެފައިވާ ލޯންޗުތަކެއް --- ފޮޓޯ: އެމްޓީސީސީ


ހުލާސާކޮށް އިއްޔެ: ހައި ސްޕީޑު ފެރީގެ ނިޒާމުން ހދ. ގެ ރަށްތައް ގުޅާލުން

3 މޭ 2022 - 01:36 0

Advertisement

Advertisement

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގުޅިގެން ކުރިއަށް ގެންދާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ހިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިއްޔެ ވަނީ ދަތުރުތައް ފަށައިފަ އެވެ.

މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ރައްޔިތެއްގެ އަތުން ފެރީގެ ހިދުމަތަށް ފީއެއް ނުނަގާނެ އެވެ. އެއީ، ފެރީގެ ހިދުމަތް ބޭނުން ކުރުމަށް ރައްޔިތުން އަހުލުވެރި ކުރުމަށާއި ފެރީތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދިނުމަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.

Advertisement

މި މުއްދަތުގެ ތެރޭގައި ފެރީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލްތައް މެދުވެރިކޮށް ސީޓް ރިޒަވޭޝަން ހަދާ ފަރާތްކަށެވެ. މި ކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ހދ. އަތޮޅު ކައުންސިލަށާއި އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 ގުޅުމުން ލިބޭނެ އެވެ.

Advertisement

ހައި ސްޕީޑު ފެރީގެ ފުރަތަމަ ފިޔަވައްސަށް 157 މިލިއަން ރުފިޔާ ހަރަދުވާއިރު، އޭގެ ތެރެއިން 107 މިލިއަން ރުފިޔާ ހަރަދު ކުރަނީ ހައި ސްޕީޑް 17 ފެރީ ބަނުމަށެވެ. ބާކީ ފައިސާއަކީ ރަށްރަށުގައި ފެރީ ޓާމިނަލް ގާއިމުކުރުމަށެވެ. އެއީ 50 މިލިއަން ރުފިޔާ އެވެ. އެ މަސައްކަތްތައް ވެސް އެމްޓީސީސީން ދަނީ މިހާރު ކުރަމުންނެވެ.

މި ހައި ސްޕީޑް ފެރީތަކަކީ 30 ނޮޓުގެ ބާރު މިނުގައި ދުވާނެ ފެރީތަކެކެވެ. އެހެންކަމުން މިއީ މިހާރު އެމްޓީސީސީން ބޭނުން ކުރާ ފެރީތަކާ އަޅާ ބަލާއިރު ތިން ގުނަ ބާރު މިނުގައި ދަތުރުކުރާ ފެރީތަކެކެވެ. އަދި، އެ ފެރީތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް ހުރެ އެވެ.

އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕެޝަލް ޕްލޭން ގައި ހިމެނޭ ތިން ޒޯން އާއި ހަ ރީޖަން ގުޅުވައި ދިނުމަށް ފަރުމާ ކޮށްފައިވާ ވިއުގައެކެވެ.

އެ ފެރީ ނެޓްވޯކުން ހަ ސަރަހައްދުގައިވާ ހުރިހާ ރަށްތަކެއް ގުޅުވައިލާ އިރު، އެއް ސަރަހައްދު އަނެއް ސަރަހައްދާ ވެސް ގުޅުވައިލާނެ އެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައި ލާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ފުރަތަމަ މަރުހަލާގެ ދަށުން ފެރީގެ ހިދުމަތް ދޭނީ ހއ، ހދ އަދި ށ އަތޮޅުގަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ދެހާސްއެކާވީސް ވަނަ އަހަރު ޕެންޝަން ފަންޑަށް އިންވެސްޓްމަންޓް ފައިދާގެ ގޮތުގައި 625 މިލިޔަން ރުފިޔާ ލިބިފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ޕެންޝަން ފަންޑަށް މިދިޔަ އަހަރު 625 މިލިއަން ރ. ގެ ފައިދާއެއް

މިދިޔަ އަހަރު ލިބުނު އިންވެސްޓްމަންޓް ފައިދާއަކީ އޭގެ ކުރީ އަހަރު، 2020 ވަނަ އަހަރުގެ ފައިދާއަށް ވުރެ 11.6 ޕަސެންޓް މަތީ އަދަދެއް.

ޕެންޝަން ފަންޑަށް މިދިޔަ އަހަރު 625 މިލިއަން ރ. ގެ ފައިދާއެއް

މިދިޔަ އަހަރު ލިބުނު އިންވެސްޓްމަންޓް ފައިދާއަކީ އޭގެ ކުރީ އަހަރު، 2020 ވަނަ އަހަރުގެ ފައިދާއަށް ވުރެ 11.6 ޕަސެންޓް މަތީ އަދަދެއް.

  • މާލޭގައި ދެ މާރާމާރީއެއް ހިންގައި ބަޔަކު ޒަހަމްކޮށްލީ ވެސް އިއްޔެ އެވެ.

މާލޭގައި ދެ މާރާމާރީއެއް ހިނގައި ބަޔަކު ޒަހަމްކޮށްލައިފި

އެ މާރާމާރީގައި 23 އަހަރުގެ ދެ ފިރިހެނުންނަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދަނީ ދެމުން.

މާލޭގައި ދެ މާރާމާރީއެއް ހިނގައި ބަޔަކު ޒަހަމްކޮށްލައިފި

އެ މާރާމާރީގައި 23 އަހަރުގެ ދެ ފިރިހެނުންނަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދަނީ ދެމުން.

  • ފުވައްމުލަކު ނެރު ކައިރިއަށް އިއްޔެ ފީނަން ފޭބި ދެ ދިވެހި ފިރިހެނުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަން ފެށީ އިއްޔެ އެވެ.

ގެއްލުނީ 20 އަހަރުގެ ތަޖުރިބާ ހުރި ޑައިވަރު ސައީދު

ގެއްލިގެން ހޯދާ ސައީދު، 35، އަކީ ފުޅި އަޅައިގެން ފީނާތާ ގާތްގަނޑަކަށް 20 އަހަރުވެފައިވާ، ތަޖުރިބާކާރު ޑައިވަރެއް. އޭނާ އަކީ ފުވައްމުލަކުގައި ޑައިވް ސެންޓަރެއް ހިންގާ އަދި ޑައިވް އިންސްޓްރަކެޓެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ މީހެއްް.

ގެއްލުނީ 20 އަހަރުގެ ތަޖުރިބާ ހުރި ޑައިވަރު ސައީދު

ގެއްލިގެން ހޯދާ ސައީދު، 35، އަކީ ފުޅި އަޅައިގެން ފީނާތާ ގާތްގަނޑަކަށް 20 އަހަރުވެފައިވާ، ތަޖުރިބާކާރު ޑައިވަރެއް. އޭނާ އަކީ ފުވައްމުލަކުގައި ޑައިވް ސެންޓަރެއް ހިންގާ އަދި ޑައިވް އިންސްޓްރަކެޓެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ މީހެއްް.

ދުވަހުގެ ކޯޓޭޝަން

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ "އަދަދު" އަށް ވިދާޅުވީ:

"މި ބަދަލަކީ މީގެ ހެޔޮ އަސަރު މުޅި ގައުމަށް އަދި އަންނަން އޮތް ޖީލުތަކަށް ކުރާނެ ބަދަލެއް. އުއްމީދަކީ މި ބަދަލާ ގުޅިގެން މޮޅެތި ކުދިން މި ދާއިރާއަށް ގުޅުން އަދި ރަނގަޅު މުދައްރިސުން މި ދާއިރާގައި ދެމިތިބުން،"

ދުވަހުގެ ފޮޓޯ

މާލޭ ޓާފް ދަނޑުގެ ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުގެ ތެރެއިން. ގިނަ އަދަދެއްގެ ބަޔަކު މި ޖަމާއަތުގައި ބައިވެރިވި. ސުލްހަވެރި މުޖުތަމައެއް ބިނާ ކުރުމަށް އީދު ހުތުބާގައި ބާރު އެޅުއްވި. --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު