2 މޭ 2022 - 10:56 0
މުހައްމަދު އުޝާމް
2 މޭ 2022 - 10:56 0
ހުޅުމާާލޭގެ ޚާންޖީ ރެސްޓޯރެންޓްގެ ވެއިޓަރަކަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި ޕާކިސްތާނު ޝެފު، މުހައްމަދު އާބިދުގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.
ކްރިމިނަލް ކޯޓުން އާބިދުގެ ބަންދަށް އިތުރު 15 ދުވަހުގެ މުއްދަތެއް ދިނީ، ކުރިން އޭނާގެ ބަންދަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދިން 15 ދުވަހުގެ ބަންދު ހަމަވާން ގާތް ވުމުންނެވެ.
އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ގޮނޑުދޮށުގައި ފިލައިގެން އުޅެނިކޮށެވެ. އާބިދު އަތުލައިގަތީ ހަމަލާދިނުމަށް ފަހު ފިލައިގެން އުޅޭތާ ނުވަ ވަރަކަށް ގަޑިއިރު ފަހުންނެވެ. އޭރު އޭނާ ހޯދަން ފުލުހުން އޮތީ އޭނާގެ ފޮޓޯ ވެސް އާއްމުކޮށްފަ އެވެ.
އާބިދު ދަންނަ މީހުން ބުނާ ގޮތުގައި އޭނާއަކީ ވަރަށް އަވަހަށް ރުޅި އަންނަ މީހެކެވެ. މީގެކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި އޭނާ މާރާމާރީއެއް ހިންގާފައިވެ އެވެ.
ޙާންޖީ ރެސްޓޯރެންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝް ވެއިޓަރު މަރާލީ ރެސްޓޯރެންޓް ބަދިގެ ތެރޭގައި އާބިދުއާ އެ ވެއިޓަރާ ދެމެދު ހިނގި ދެބަސްވުމަކަށްފަހު އެވެ. އާބިދު އޭނާ މަރާލިކަމަށް ތުހުމަތުކުރެވެނީ ވަޅިއަކުން ކަރަށާއި މެޔަށް ހަމަލާދީގެންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment