Advertisement

ރާއްޖެއަށް އެތެރެކުރާ ތެލުގެ ފެންވަރު ބަލާނެ ގޮތުގެ ގައިޑްލައިނެއް ހަދަނީ

30 އޭޕްރީލް 2022 - 11:45 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސައިކަލަކަށް ޕެޓްރޯލް އަޅަަނީ - ތެލުގެ ފެންވަރު ބަލާނެ ގޮތުގެ ގައިޑްލައިނެއް ތައްޔާރު ކުރުމުގައި ކޮންސަލްޓެއް ހޯދަން އިއުލާން ކޮށްފި


ރާއްޖެއަށް އެތެރެކުރާ ތެލުގެ ފެންވަރު ބަލާނެ ގޮތުގެ ގައިޑްލައިނެއް ހަދަނީ

30 އޭޕްރީލް 2022 - 11:45 0

ރާއްޖެ އެތެރެކުރާ ޑީސަލްއާއި ޕެޓްރޯލް ފަދަ ތެލުގެ ފެންވަރު ވަޒަން ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ހިމެނޭ ގައިޑްލައިނެއް ތައްޔާރު ކުރުމުގައި އެހީތެރިވެދޭނެ ކޮންސަލްޓެންޓެއް ހޯދަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކޮށްފި އެވެ.

މިދިޔަ އަހަރު ތަސްދީގު ކުރި ހަކަތައިގެ ގާނޫނުގެ ދަށުން ރާއްޖޭގައި ކުރެވޭ ތެލުގެ ވިޔަފާރި ރެގިއުލޭޓް ކުރުމުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މައްޗަށް ގިނަ ޒިންމާތަކެއް ވަނީ މަތިކޮށްފަ އެވެ. މިގޮތުން، ރާއްޖޭން ތެޔޮ ބޭރުކުރުން، އެތެރެ ކުރުން، ރިފައިންކުރުން، އުފުލުން، ރައްކާތެރިކުރުން، ވިއްކުން އަދި ބެލެހެއްޓުމުގެ ހުރިހާ ކަމެއް މަތި ކުރެވިފައިވެ އެވެ.

ކޮންސަލްޓެންޓެއް ހޯދަން އޮތޯރިޓީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ކޮންސަލްޓެންޓްގެ މައިގަނޑު މަސައްކަތަކީ ރާއްޖެއަށް އެތެރެކުރާ ތެލުގެ ފެންވަރު ވަޒަން ކުރަން ކުރަން ޖެހޭ ކަންކަން ފާހަގަކޮށްދިނުމުގެ އިތުރަށް، ޕެޓްރޯލިއަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންނަށް ރައްކާތެރިކޮށް އެ މަސައްކަތް ކުރުމުގައި އަމަލު ކުރަން ޖެހޭނެ ހެލްތު ގައިޑްލައިނެއް ވެސް ތައްޔާރު ކުރަން ބޭނުންވާ މައުލޫމާތުތައް ހޯދައިދިނުމެވެ.

މި މަސައްކަތް ހަވާލުކުރާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމަން ވާނެ ކަމަށް އޮތޯރިޓީން ނެރެފައިވާ މަސައްކަތުގެ ޝަރުތުތަކުގެ ކަރުދާހުގައި ބަޔާން ކޮށްފައިވެ އެވެ.

މި ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މެއި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 10:59 ގެ ނިޔަލަށެވެ. ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތައް އޮތޯރިޓީގެ މެއިލްއަށް ފޮނުވުމުން ބިޑްގައި ބައިވެރިވެވޭނެ އެވެ.