Advertisement

ފެންފުށީގެ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

28 އޭޕްރީލް 2022 - 11:42 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ފެންފުށީގެ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފެނަކަ


ފެންފުށީގެ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

28 އޭޕްރީލް 2022 - 11:42 1

އދ. ފެންފުށީގެ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދާއި ހައުސިން އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.

އެ ރަސްމިއްޔާތުގައި ފެންފުށީ ކައުންސިލް މެމްބަރުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

ފެންފުށީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން، ކުރިއަށް އޮތް ހަ މަސްތެރޭ، ހޮޅި ވަޅުލައި، ސާފުކޮށް، ޕްރެޝާ ޓެސްޓް ކޮށް، ގޭގެއަށް ކަނެކްޝަން ދިނުމުގެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ފެނަކައިން ބުނެ އެވެ.

އެގޮތުން 9600 މީޓަރަށްވުރެ ދިގު ފެނުގެ ވިއުގައެއް ގާއިމްކޮށް، ހަ ޓަނުގެ ދެ ފެންޕްލާންޓް ބަހައްޓައި، 950 ޓަނުގެ ފެން ރައްކާކުރެވޭނެ ވަސީލަތް ގާއިމްކޮށް، ރަށުގެ ހުރިހާ ގެއަކަށް ފެން މީޓަރު ގުޅައިދޭނެ އެވެ.

އެ މަޝްރޫއަކީ ސަރުކާރުގެ ފަރާތުން، ޕްލޭނިން މިނިސްޓްރީން، މި އަހަރުގެ ޑިސެމްބަރު ގެ ނިޔަލަށް ނިންމުމަށް އެކުންފުންޏާ ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.

ފެނަކައިން މަސައްކަތް ކުރަނީ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމައި، ނޮވެމްބަރު މަހު މިނިސްޓްރީ އާ ފެނުގެ ނިޒާމު ހަވާލުކުރުން ކަމަށް އެކުންފުނިން ބުނެ އެވެ.