Advertisement

އެސްޓީއޯގެ 2021ގެ އަހަރީ ރިޕޯޓު ޝާއިއުކުރުން ފަސްކޮށްފި

28 އޭޕްރީލް 2022 - 11:45 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެސްޓީއޯގެ ހެޑް އޮފީސް. އެ ކުންފުނީގެ އަހަރީ ރިޕޯޓު ޝާއިއުކުރުން ފަސްކުރީ ސީއެމްޑީއޭ އަދި ސްޓޮކް އެކްސްޗޭންޖުގެ ހުއްދަ އާއެކު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އެސްޓީއޯގެ 2021ގެ އަހަރީ ރިޕޯޓު ޝާއިއުކުރުން ފަސްކޮށްފި

28 އޭޕްރީލް 2022 - 11:45 0

ސްޓޭޓް ޓްރޭޑިން އޯގައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ޝާއިއުކުރުން އެ ކުންފުނިން ފަސްކޮށްފި އެވެ.

މިގޮތަށް ނިންމީ އެސްޓީއޯ ގްރޫޕްގެ ބައެއް ކުންފުނިތަކުގެ މިދިޔަ އަހަރުގެ އޮޑިޓު ނިންމުމުގައި ލަސްތަކެއް ދިމާވުމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯގެ ސަބްސިޑިއަރީތަކުގެ ގޮތުގައި ނުވަ ކުންފުންޏެއް ދަނީ ހިންގަމުންނެވެ. އެއީ، އެލައިޑު އިންޝުއަރެންސް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، މޯލްޑިވް ގޭސް، މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ، މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް، މިފްކޯ، ރޭސުޓް މޯލްޑިވްސް ސިމެންޓް، މޯލްޑިވްސް ސްޓޭޓް ޝިޕިން އަދި އެސްޓީއޯ ސިންގަޕޯ އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިން ރޫލްސް އާއި ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) ގެ ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ގަވާއިދުގެ ދަށުން، ލިސްޓެޑު ކުންފުނިތަކުން 2021 ގެ އަހަރީ ރިޕޯޓު އާންމުކުރުމުގެ އެންމެ ފަހު ތާރީހަކީ އެޕްރީލް 30، އެވެ.

އެސްޓީއޯ އިން ރިޕޯޓު އާންމުކުރުން ފަސްކުރީ ސީއެމްޑީއޭ އަދި ސްޓޮކް އެކްސްޗޭންޖުގެ ހުއްދަ އާއެކު އެވެ. އަދި، މިހާރު ރިޕޯޓު އާންމުކުރަން އޮތް ތާރީހަކީ މެއި 15، އެވެ.