Advertisement

ލ. މާވަށު މެޖިސްޓްރޭޓް މާހިރު އަމަލީގޮތުން ވިޔަފާރިކުރާތީ ފިޔަވަޅު އަޅައިފި

25 އޭޕްރީލް 2022 - 12:52 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ލ. މާވަށު އިސް މެޖިސްޓްރޭޓް އިސްމާއިލް މާހިރު. އޭނާ ވަނީ ވައިބާ ގުރޫޕެއްގައި ދަތުރުފަތުރުކުރުމުގެ ވިޔަފާރިއެއް ހިންގުމުގައި ހަރަކާތްތެރިވެފަ.


ލ. މާވަށު މެޖިސްޓްރޭޓް މާހިރު އަމަލީގޮތުން ވިޔަފާރިކުރާތީ ފިޔަވަޅު އަޅައިފި

25 އޭޕްރީލް 2022 - 12:52 0

ލ. މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިސްމާއިލް މާހިރު، އަމަލީ ގޮތުން ވިޔަފާރި ކުރަައްވަމުން ގެންދެވި މައްސަލައެއްގައި އޭނާއާ ދެކޮޅަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފިޔަވަޅު އަޅައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ މާހިރުއާ ދެކޮޅަށް ހުށަހެޅުނު މައްސަލައަކީ ވައިބާގައި ކޮމިއުނިޓީ ގުރޫޕެއް ހަދައި، އެ ގުރޫޕުގެ ސުޕައެޑްމިންއެއްގެ ގޮތުގައި ހަރަކާތްތެރިވެ، ދަތުރުފަތުރުކުރާ އުޅަނދެއްގެ މައުލޫމާތު އެ ގުރޫޕުގައި އިޝްތިހާރުކޮށް އެ އުޅަނދުގެ ވިޔަފާރީގައި އަމަލީކޮށް ހަރަކާތްތެރިވި ކަމުގެ މައްސަލައެކެވެ. އެ މައްސަލައިގައި މާހިރު ވަނީ އޭނާއާ ދެކޮޅަށް ހުށަހެޅުނު މައްސަލައަށް އިއުތިރާފްވެފަ އެވެ.

ޖޭއެސްސީން ބުނީ މާހިރުގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލަކަށްވާތީ، މާހިރުއަށް ނަސޭހަތް ދިނުމަށްފަހު ކޮމިޝަނުން ކަނޑައަޅާ ތަމްރީނެއް ފުރިހަމަކުރުމަށް އަންގާ ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނުގެ ދަށުން، ފަނޑިޔާރެއް އެއްވެސް ކަހަލަ ވިޔަފާރީގެ ކަމެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ އަދި އާމްދަނީ ހޯދުމަށް ފަންނީ އިތުރު މަސައްކަތެއް ކުރުމަކީ މަނާ ކަމެކެވެ.