Advertisement

ހާންޖީ ރެސްޓޯރަންޓުގައި މަރާލި ބަންގްލަދޭޝް މީހާގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

22 އޭޕްރީލް 2022 - 15:17 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހާންޖީ ރެސްޓޯރަންޓްގައި މީހަކު މަރާލި ރޭ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަނީ: މަރާލި މީހާގެ ހަށިގަނޑު ވަނީ ގައުމަށް ފޮނުވާލާފައި - ފޮޓޯ: މުހައްމަދު ޝާބިން - އަދަދު


ހާންޖީ ރެސްޓޯރަންޓުގައި މަރާލި ބަންގްލަދޭޝް މީހާގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

22 އޭޕްރީލް 2022 - 15:17 0

ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރެންޓު ތެރޭ ހިނގި ދެބަސްވުމެއްގެ ތެރެއިން، ޕާކިސްތާނުގެ ކައްކާއެއްގެ ހަމަލާތަކެއް ގައި މަރުވި ބަންގްލަދޭޝް ވެއިޓަރުގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މި ނޫހާ ވާހަކަ ދައްކަމުން ބުނީ އެމްޑީ ޝާހިން، 29، ގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފޮނުވާލީ ރޭގެ ވަގުތެއްގަ އެވެ.

އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވާލީ އެ ގޮތަށް އާއިލާއިން އެދެމުން ދާތީ ކަމަށް ފުލުުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ހަވީރު ހިނގި ހަމަނުޖެހުން ތެރޭގައި ބަންގްލަދޭޝްގެ ވެއިޓަރަށް ހަމަލާ ދިނުމަށް ޕާކިސްތާނުގެ ކައްކާ މުހައްމަދު އަބީދު، 26، ފިލައިގެން ދިޔަ އެވެ.

އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ގޮނޑުދޮށުގައި ފިލައިގެން އުޅެނިކޮށް އެ ދުވަހުގެ ރޭ ދަންވަރެވެ. މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

ހަވީރު ރެސްޓޯރެންޓްގެ ބަދިގެ ތެރޭ ހިނގި ދެބަސްވުމުގެ ސީދާ ސަބަބު ސާފުވެފައި ނުވީ ނަމަވެސް, އެނގިފައިވާ ގޮތުގައި ހަމަލާ ދިން ކަމަށް ތުހުމަތުވާ ޕާކިސްތާނުގެ ކައްކާ އާއި ބަންގްލަދޭޝް މީހާއާ ދެމެދު މީގެ ކުރިން ވެސް ދެބަސްވުންތައް ހިނގަ އެވެ.

ފުލުހުން ފޮޓޯ އާއި ވަނަވަަރު ވެސް އާންމުކޮށްފައިވާ ޕާކިސްތާނުގެ ކައްކާއަކީ, އޭނާގެ ދަންނަ މީހުން ބުނާ ގޮތުގައި ވަރަށް އަވަހަށް ރުޅި އަންނަ, ރުޅި ގަދަ މީހެކެވެ. މީގެކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި މާރާމާރީއެއް ހިންގާފައިވެ އެވެ.